ENGLISH

20 އޭޕްރީލު 2025

Advertisement

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި ކަރަންޓް ސިނާޢަތުގެ ކުރިމަގު ވަރަށް އުޖާލާ: ހުސައިން ފަހުމީ

20 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި ކަރަންޓް ސިނާޢަތުގެ ކުރިމަގު ވަރަށް އުޖާލާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ހުސައިން ފަހުމީ މިހެން ވިދާޅުވީ އެ ކުންފުނީގެ ޚިދުމަތުގެ އަލިމަސްޔޫބީލްގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ކަރަންޓުގެ ޚިދުމަތްތެރީން އިޚްލާޞްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ މަސައްކަތާ މެދު ފަޚުރުވެރިވާ ކަމަށާއި އެމީހުން އެ ކޮށްދެއްވާ އަގުހުރި މަސައްކަތްތައް އަގުވަޒަންކުރަށްވާ ކަމަށް ހުސައިން ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި އަލިމަސްޔޫބީލްއާ ހަމައަށް ވާޞިލްވެފައި މިވަނީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައިގެން، އެކަން ކަމުން އަރައިގެންކަމަށް ވެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާރ އެކްސްގައި ކުރި ޕޯސްޓް 

މީގެ އިތުރުން ޤައުމު ބިނާކުރުމަށްޓަކައި ޙިދުމަތްތެރިން ތިބުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު