ENGLISH

20 އޭޕްރީލު 2025

Advertisement

އަލިފާނުގެ ޙާދިސާ ތަޙުޤީޤުކުރަން ބޭރުގެ ތަޖުރިބާކާރުންގެ ޓީމު ޙަރަކާތްތެރިވާން ފަށައިފި

20 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާން ނިންވާލުމުގައި ސިފައިން ޙަރަކާތްތެރިވަނީ. --- ފޮޓޯ: ޝަހީން - އެމްއެެމް

އަލިފާނުގެ ހާދިސާއާ ގުޅިގެން އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމު ފުލުހުންނާ އެކު ހަރަކާތްތެރިވާން ފަށައިފިއެވެ. 

ކޮމިޝަަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މީޑިއާތަކަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ، މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރަމުންދާ ތަހުޤީޤުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމެއް މިހާރު ދަނީ ދިވެހި ފުލުހުންނާ އެކު ޙަރަކާތްތެރިވަމުން ކަމަށެވެ. 

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީގައި މިމަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް މީގެ ކުރިން ދިވެހި ފުލުހުން ވަނީ ފަށާފައެވެ. 

އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރަންޖެހޭ ތަހުޤީޤު ފަށާފައިވާއިރު މި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މަންޒަރު ފެނުނު މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތާއި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މަންޒަރު ދުއް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖްތައް ތަހުލީލްކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުރިހަމަ ތަހުޤީޤެއް ހިންގާނެ ކަމަށް ކޮމިޝަަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު