ENGLISH
18 މޭ 2026
އުތުރާއި މެދުރާއްޖެ ތެރެއަށް މިއަދުވެސް މޫސުން ގޯސް
18 މޭ 2026
|
މިއަދުގެ ރާއްޖެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯއެއް. ފޮޓޯ؛މޫސުމާ ބެހޭ ގައުމީ އިދާރާ.
އެންމެ މަޤްބޫލު
މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެން ވާކަމަށެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކޮށްފައި ވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ގަޑިޔަކު 8 މޭލާއި، 18 މޭލާއި ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް މޫސުމަ ބެހޭ އިދާރާއިން ލަފާކުރެ އެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ އދ. މާމިގިއްޔަށެވެ. އެއީ 29 މިލިމީޓަރުގެ ވާރެ އެވެ. އަދި އެންމެ ވައިގަދަވީކަމަށް ރެކޯޑުކުރެވިފައިވަނީ ފ. ނިލަންދުއަށެވެ. ވިލާގަނޑުގައި ނިލަންދުއަށް 43 މޭލު ބާރުމިނުގައި ވައިޖެހިފައިވާކަމަށް ރެކޯޑުކުރެވިފައި ވެއެވެ.
މިދުވަސްވަރު މޫސުމަށް ސަމާލުކަން ދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ވެސް އަންނަނީ ރައްޔިތުންނަށް އިލްތިމާސްކުރަމުން ނެވެ.