ENGLISH

18 މޭ 2026

Advertisement

ރާއްޖެއާއި ސައުދީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

18 މޭ 2026

|

އައިމިނަތު ޝަފާ

ހާރިޖީ ވުޒާރާ

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ހާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި އެވެ.

ފޯނުން ގުޅުއްވާ ރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ސައުދީގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގައި ސައުދީގެ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ދެ ގައުމުގެ ދޭދޭ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ހާރިޖިއްޔާއިން ބުންޏެވެ.

ރާއްޖޭގެ ތަރައްގީގައި ސައުދީގެ ހިއްސާ ފާހަގަކުރައްވައި، ޖެހިޖެހިގެން ދެވަނަ އަހަރު މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައިދެއްވައި ރާއްޖޭގެ ހައްޖާޖީންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް ވަޒީރު ޝުކުރު އަދާކުރެއްވިކަމަށް ހާރިޖިއްޔާއިން ވަނީ ބުނެފަ އެވެ. 

މި ބައްދަލުވުމުގައި ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަން ވަޒީރު އިރުތިޝާމް ހާމަކުރެއްވި ކަމަށް ވެސް ހާރިޖިއްޔާއިން ބުނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު