ENGLISH
20 އޭޕްރީލު 2025
އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް، އަނެއްކާވެސް ބޮޑުފޮޅުދޫ
20 ޑިސެމްބަރު 2024
|
ބޮޑުފޮޅުދޫ ކައުންސިލާ އެވޯޑު ހަވާލު ކުރައްވަނީ-ފޮޓޯ: ޕީ.އެސް.އެމް
ރާއްޖޭގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް އއ. ބޮޑުފޮޅުދޫ ރަށު ކައުންސިލުން ކާމިޔާބުކޮށްފިއެވެ. އަދި އެންމެ ހިންގުންތެރި އަތޮޅު ކައުންސިލްގެ މަގާމު ހާސިލުކޮށްފައި ވަނީ ލ. އަތޮޅު ކައުންސިލެވެ.
ކައުންސިލްތަކަށް މި އެވޯޑު ހަވާލުކޮށްދެއްވީ ރޭ ބޭއްވި ކަންގަތި އެވޯޑް ހަފްލާގައި، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.
ދެވަނައަށް އެންމެ ހިންގުންތެރި ކައުންސިލަކަށް ހޮވިފައިވަނީ ހއ. ތުރާކުނު ކައުންސިލެވެ. ތިންވަނަ އަށްްް ހޮވިފައިވަނީ ކ. މާފުށި ކައުންސިލެވެ. އަތޮޅު ކައުންސިލްތަކުގެ ތެރެއިން ދެވަނައަށް އެންމެ ހިންގުންތެރި ކައުންސިލަކަށް ށ.އަތޮޅު ކައުންސިލް ހޮވިފައިވާއިރު، ތިންވަނައަށް ހޮވިފައިވަނީ ގދ. އަތޮޅުކައުންސިލެވެ.
ލ.އަތޮޅު ކައުންސިލާ އެވޯޑް ހަވާލުކުރައްވަނީ-ފޮޓޯ: ޕީ.އެސް.އެމް
ކަންގަތި އެވޯޑަކީ 2015 އިން ފެށިގެން ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ފަރާތުން އެންމެ ހިންގުންތެރި ކައުންސިލްތަކަށް ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް ދިނުމުގައި ބަލަނީ ކައުންސިލް ޕާފޯމެންސް އިންޑެކްސް އިން، ކައުންސިލްތަކުން މާކްސް ހޯދާ މިންވަރަށެވެ. ކައުންސިލް ޕާފޯމެންސް އިންޑެކްސް ބިނާވެފައިވަނީ ކައުންސިލްތަކުން އެލް.ޖީ.އޭ އަށް ހުށަހަޅާ ކިތާބީ ހެކިތަކަށެވެ.
ކައުންސިލްތަކުގެ ޕާފޮމެންސް އިންޑެކްސް ފޮތް ނެެރެދެއްވުން-ފޮޓޯ: ޕީ.އެސް.އެމް
ރޭ ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ ޚަލީލް ވަނީ، ކައުންސިލްތަކުގެ ޕާފޯމެންސް އިންޑެކްސް ފޮތެއް ވެސް ނެރެދެއްވާފައެވެ.