ENGLISH
17 މޭ 2026
އުކުޅަސް ޕޮލިސް ޕޯސްޓް ރޭނުމުގެ މަސައްކަތް ނިންމައި ފުރާޅުގެ މަސައްކަތް ފަށައިފި
17 މޭ 2026
|
އއ.އުކުޅަސް ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
އއ. އުކުޅަހުގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ ތެރެއިން ފުރާޅުގެ ޓްރަސް ހަރުކުރުމުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން އުކުޅަހުގެ ޕޮލިސް ޕޯސްޓު މަޝްރޫއުގެ އަދާހަމަ ހިއްސާކޮށް ބުނީ މިހާރު އެމަޝްރޫއުގެ ދަށުން މެސަންރީ މަސައްކަތް ނިންމައި ފުރާޅުގައި ޓްރަސް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު އެމަސައްކަތް ވެސް ވަނީ ނިމެން ގާތްވެފައެވެ.
މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފްވެރިކޮށްދެއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ އިތުރުން އެމްޓީސީސީގެ ފަރާތުންނާއި ދިވެހި ފުލުހުންގެ ހިދުމަތުން ބައިވެރިވިއެވެ.
މި މަޝްރޫއުގެ ދަށުން، 5200 އަކަފޫޓުގެ ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 7.11 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫއެކެވެ.
އުކުޅަހުގައި އިމާރާތްކުރެވޭ މި ޕޮލިސް ޕޯސްޓަކީ ރަށުގެ އަމަންއަމާންކަން ދެމެއްހެއްޓުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެރަށުގެ ރައްޔިތުން ދެކެއެވެ.
ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް، އަދި ފުލުހުންގެ ހިދުމަތް ގާއިމުވެފައިނުވާ ރަށްރަށުގައި ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.