ENGLISH

17 މޭ 2026

Advertisement

ދިވެހި ޙައްޖުވެރިންގެ ދެ ވަނަ ގުރޫޕު ފުރައިފި

17 މޭ 2026

|

އައިމިނަތު ޝަފާ

ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރުން. ފޮޓޯ؛ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރައިފި އެވެ.

ޙައްޖުވެރިން ފުރާފައިވަނީ މިއަދު ހެނދުނު 8:04 ގައި ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.

މި ފްލައިޓުގައި 260 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފަ އެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި 238 ޙައްޖުވެރިން މިހާރު މައްކާއަށް ދިއުމަށްފަހު ފުރަތަމަ ޢުމްރާ ފުރިހަމަކޮށްފައިވެއެވެ.

މިއަދު މައްކާއަށް ދާ ދެވަނަ ފްލައިޓުގެ ޙައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް ކިއުމަށް ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުން ނެވެ.

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހު އެވެ.

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު