ENGLISH

17 މޭ 2026

Advertisement

ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

17 މޭ 2026

|

ޢަލީ ޝަހީމް

އެލްޖީއޭއިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އެލްޖީއޭ

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރިއަށްގެންދިޔަ، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 5 ދައުރަށް އިންތިޚާބު ކުރެވުނު މެންބަރުން މަޤާމަށް އަހުލުވެރިކުރުމަށްޓަކައި، "ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް" މޭ 14 ވަނަ ދުވަހު ނިންމާލައިފިއެވެ. 

އެލްޖީއޭއިން އާއްމުކުރި މީޑިއާ ބަޔާނުގައި ބުނީ، ޕްރޮގްރާމްގެ މަގުސަދަކީ އައު ދައުރަކަށް އިންތިޚާބުކުރެވުނު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުވައި، ކައުންސިލަރުން އަދި ކޮމިޓީގެ މެންބަރުންގެ ދައުރާއި ޒިންމާއާއި މަސްއޫލިއްޔަތުތައް އަންގައިދީ، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ކައުންސިލްތަކާއި ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކި ދާއިރާތަކުން ބޭނުންވާ މުހިއްމު މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. 

މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ، އެލް.ޖީ.އޭ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) ގުޅިގެންނެވެ. ފަސް ދުވަހުގެ މުއްދަތަށް ޕްރޮގްރާމް ކުރިއަށްގެންދިޔައީ މޭ 10 އިން 14 އަށެވެ. 

ޕްރޮގްރާމްގައި އޮންލައިންކޮށް ބައިވެރިވި ބައެއް ފަރާތްތައް. ޕްރޮގްރާމް އަމާޒުކުރީ އަލަށް އިންތިޚާބުވި މެންބަރުންނަށް. ފޮޓޯ: އެލްޖީއޭ

ޕްރޮގްރާމް އަމާޒުވީ އަލަށް އިންތިޚާބުވި ބޭފުޅުންނަށެވެ. އެހެންނަމަވެސް އިންތިޚާބީ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލުންނާއި އިދާރީ މުވައްޒަފުންގެ ތެރެއިން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ. މިގޮތުން 74 ބޭފުޅަކު ޕްރޮގްރާމްގައި ބައިވެރިވެފައިވާކަމަށް އެލްޖީއޭއިން މައުލޫމާތުދީފައިވެއެވެ. 

އެހެން ދައުރުތަކާ ޚިލާފަށް، 5 ވަނަ ދައުރުގެ އިންތިޚާބީ ކައުންސިލްތަކާއި އ.ތ.މ.ކަތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، އެ ބޭފުޅުން މަޤާމުގެ ހުވާކުރުމުގެ ކުރިންނެވެ. 

މިޕްރޮގްރާމްގެ ސެޝަންތަކުގެ ތެރެއިން، ލާމަރުކަޒީ ނިޒާމާއި، ނިޒާމުގެ ޤާނޫނީ އޮނިގަނޑާއި، ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، ކައުންސިލަރުންގެ ދައުރާއި، ތަރައްޤީއަށް ރޭވުމާއި، ރައްޔިތުންގެ ބައިވެރިވުން ހޯދުމާއި، ކައުންސިލްގެ އިދާރީ ހިންގުމާއި، މާލީ އިންތިޒާމްތަކާއި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤާއި، ޑިޖިޓަލް ގަވަރިނަންސްއާއި، ޕަރފޯމަންސް މެނޭޖްމަންޓް ނިޒާމާއި، ހިންގުމާގުޅޭ މުހިއްމު މަޢުލޫމާތު، އެލް.ޖީ.އޭ، ސިވިލް ސަރވިސް ކޮމިޝަން އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ވަނީ ފޯރުކޮށްދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު