ENGLISH
16 މޭ 2026
އަލައިކާގެ ފާޑުވިދާޅުވުން: ހުރިހާ ކަމެއް ބިލާހަކަށްވެ ނިމިއްޖެ
16 މޭ 2026
|
އަލައިކާ އެމްއެމްޓީވީގެ ޕްރަގްރާމެއްގައި ވާހަކަފުޅު ދައްކަވަނީ --
އެންމެ މަޤްބޫލު
އިދިކޮޅުގައި ތިއްބެވި ތިން ރައީސުން ކުރީން ދެއްކެވި ހުރިހާ ވާހަކަތަކެއް "ބިލާހަކަށްވެ ނިމިއްޖެ" ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާސިޔަތު އަލައިކާ އަދުނާން ކުރީގެ ތިން ރައީސުންނަށް ފާޑުވިދާޅުވެއްޖެ އެވެ.
އަލައިކާގެ ފާޑުކިޔުން އެ ބޭފުޅުންނަށް އަމާޒުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް މިރޭ ބައްދަލުކުރެއްވުމާއި ގުޅިގެންނެވެ.
އަލައިކާ ވަނީ މި ތިން ބޭފުޅުން ކުރީން، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކުރައްވާ ކުރެއްވި ތުހުމަތުތައް ހަނދާން ކޮށްދެއްވާފަ އެެވެ.
އެގޮތުން ވިދާޅުވީ "މަ ޗިސް ޗިސް ކޮއްލިއަށް މަ ފިސް ފިސް ކޮއްލިއަސް ނެތޭ ވެވޭކަށް ބާޣީއަކަށް" ބުނި މީހުންނާއި، "މަގޭ ދިނާ މަޤޭ ޤައުމާ ނުކުޅެއްޗޭ" ބުނި ބުނި މީހުންނާއި، "ވައްކަމާއި ކޮރަޕްޝަނާއި އޯކޭއެއް ނޫނޭ" ބުނި މީހުން މިއަދު އެއްވެއްޖެ ކަަމަށެވެ.
"ބިލާހަކަށްވެ ނިމިއްޖެ،" ތިން ރައީސުން ކުރީން ދެއްކި ވާހަކަތައް މަތީން މިހާރު މުޅީން ހަނދާންނެތިފައިވާކަން ފާހަގަ ކުރައްވާ އަލައިކާ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް މިރޭ ބައްދަލުކުރެއްވި ނަމަވެސް މި ތިން ބޭފުޅުންނަކީ ވެސް ބޮޑު ވާދައެއް އޮތް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިންތިހާއަށް އަދާވާތްތެރި ތިން ބޭފުޅުންނެވެ. ނަޝީދާއި ސޯލިހްގެ އޮތީ އެމްޑީޕީގެ ބާރު ހޯދުމުގެ ވާދަވެރިކަމެވެ. އަދި ސޯލިހަށް ދެވަނަ ދައުރެއް ލިބުމަށް ނަޝީދު ހުރަސްއެޅި އެޅުމުގެ ރުޅިވެރިކަން ވެސް އެގޮތުގައި އެބަ އޮތެވެ.
ޔާމީނަކީ ދުވަހަކުވެސް އެމްޑީޕީއާ ނުގުޅޭނެ ކަމަށާ އެކުގައި މަސައްކަތް ވެސް ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މައުމޫން، ރައީސް ސޯލިހަށް ތާއީދުކުރުމުން މައުމޫން، އެމްޑީޕީއާ ގުޅިވަޑައިގެން ކަމަށް ވިދާޅުވެ އެތައް ފަހަރަކު ވަރަށް ހުތުރު ބަހުން ފާޑުވިދާޅުވި ބޭފުޅެކެވެ.