ENGLISH

16 މޭ 2026

Advertisement

އަބްދުއްރަހީމް އިދިކޮޅު ތިން ރައީސުންނަށް: ތިއީ އަމިއްލަ އެދުމުގެވެސް އިންތިހާ

16 މޭ 2026

|

އަޙުމަދު ޙަމީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ކުރީގެ ތިން ރައީސުން މި ޤައުމަށް ދިން ގެއްލުމުގެ ލިސްޓެއް ހިއްސާކޮށް މިއަދު އެކަންކަން އެ ބޭފުޅުންނަަށް އޯކޭވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހޫނު ރައްދެއް ދެއްވައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް މިރޭ ވަނީ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލްވުމުގެ ފޮޓޯއެއް ހިއްސާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ ތިން ރައީސުން މި ޤައުމަށް ދިން ގެއްލުމުގެ ލިސްޓެއް ހިއްސާކުރައްވާފަ އެވެ.

‏ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި ދިރާގާ ފެންކުންފުނީގެ ޙިއްޞާ ވިއްކާލުމާއި ސްޕްރީމްކޯޓްގެ ތަޅު އެޅުވުމާއި އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތާއި ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި ކަނޑު ވިއްކާލުމާއި ވެންޓިލޭޓަރުގެ ވައްކަމާއި އެމްޑީއެންގެ ރިޕޯޓްގެ މައްސަލަަ ލިސްޓް ކުރެއްވި އެވެ.

‏އަދި ވިދާޅުވީ މިހިރަ ހުރިހައިކަމެއް ވެސް މިތިއްބެވި ތިން ރައީސުންނަށް މިހާރު އޯކޭ ކަމަށެވެ.

‏”މީ އަދި ކުޑަ މިންވަރެއް. ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،” އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްެރަހީމް ވިދާޅުވި ކަންކަމުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި ދިރާގާ ފެންކުންފުނީގެ ޙިއްޞާ ވިއްކާލުމާއި ސްޕްރީމްކޯޓްގެ ތަޅު އެޅުވުމާއި އަބްދުﷲ ގާޒީ ހައްޔަރުކުރީ ނަޝީދުގެ ވެރިކަމުގަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތާއި ސިޔާސީ ލީޑަރުން ހައްޔަރުކުރީ ޔާމީންގެ ވެރިކަމުގަ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ މި ފަހުން ހިންގި އެންމެ ބޮޑު ޚިޔާނާތެވެ. ޔާމީންގެ ވެރިކަމުގައި އޭރުގެ ހުރިހާ ސިޔާސީ ލީޑަރުންނާއި އެތައް ފަނޑިޔާރުންނެއް ހުރަގެއަށް ލިޔެ އެވެ.

ކަނޑު ވިއްކާލުމާއި ވެންޓިލޭޓަރުގެ ވައްކަމާއި އެމްޑީއެންގެ ރިޕޯޓް ނެރުނީ ސޯލިހްގެ ވެރިކަމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު