ENGLISH

15 މޭ 2026

Advertisement

ވެންޓިލޭޓަރު ޚިޔާނާތާއި އެމްއެމްޕީއާރުސީގެ ވައްކަން ބަލަން ޖެހޭ، ފުރިހަމަ އެއްބާރުލުންދޭނަން: ރައީސް

14 މޭ 2026

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ވެންޓިލޭޓަރު ޚިޔާނާތާއި އެމްއެމްޕީއާރުސީގެ ވައްކަން ބަލާ ޙައްޤު ޤާއިމުކުރަން ޖެހޭ ކަމަށާ ދައުލަތުގެ އިދާރާތަކުން ހިންގާ އެެފަދަ ތަހުޤީޤުތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުންދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ހަރުގޭގައި މިރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ހިންގި ބޮޑު ޚިޔާނާތް ބަލާ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

އަދި އޭގެ ކުރީ ސަރުކާރުގެ ދުވަސްވަރު ހިންގި އެމްއެމްޕީއާރުސީގެ ވައްކަން ފަދަ ކަންކަން ބަލާ އެކަންކަން ހުރި މީހުންނަށް ޙައްޤު އަދަބު ދޭން ޖެހޭ ކަމަށެވެ. އެއީ ރައްޔިތުން އެދޭ ގޮތް ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވައްކަމާއި ޚިޔާނާތަށް އެމަނިިކުފާނު ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ. އަޅުގަނޑުމެންނަށް މުހިންމު ފަރާތެއް ނުހުންނާނެ," ރައީސް މިރޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގެ ދުވަސްވަރު ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ބޮޑު ޚިޔާނާތެއް ހިންގި އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ތެރޭގައި ވެސް ވަނީ ބޮޑު ވައްކަމެއް ހިންގާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު