ENGLISH

04 ޖޫން 2025

Advertisement

އުދިނޭޒީ ބަލިކޮށް އިންޓަރ ކުއާޓަރ އަށް

20 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އާނައުޓޮވިޗް (ކ) އާއި ތަރޭމީ އުފާ ފާޅުކުރަނީ. --ފޮޓޯ: ބީއިންގސްޕޯޓްސް

ފުރަތަމަ ހާފުގައި ވައްދާލި ދެ ލަނޑާއެކު އުދިނޭޒީ 2-0 އިން ބަލިކޮށް އިންޓަ މިލާން އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިލާނުގެ ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި އިންޓަގެ ލަނޑުތައް ޖަހައިދިނީ މާކޯ އާނައުޓޮވިޗް އާއި ކްރިސްޓަން އަސްލާނީ އެވެ.

ފަހު ހާފުގައި އިންޓަގެ ލީޑު ފުޅާކޮށްދޭން އެ ޓީމުގެ އީރާން ފޯވާޑް، މެހްދީ ތަރޭމީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މުޅި މެޗުގައި ވެސް އުދިނޭޒީ އަށް އިންޓަގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ. 

މުބާރާތުގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އިންޓަ ކުއާޓާގައި ނުކުންނާނީ ލާޒިއޯއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު