ENGLISH

04 ޖޫން 2025

Advertisement

ގީއޫގެ ހެޓްރިކާއެކު ޝެމްރޮކް އަތުން ޗެލްސީ އަށް ފަސޭހަ މޮޅެއް

20 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ޝެމްރޮކް ކޮޅަށް ލަނޑުޖެހުމަށްފަހު ގީއޫ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ކޮންފަރެންސް ލީގުގައި ރޭ ކުޅުނު މެޗުގައި މާކް ގީއޫ ވައްދާލި ހެޓްރިކާ އެކު ޝެމްރޮކް ރޯވާސް އަތުން 5-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ޗެލްސީން ވަނީ އެ މުބާރާތުގެ ލީގު ފިޔަވަހީގެ ބުރުގައި އެއްވަނަ މަގާމުގައި އޮވެ މެޗުތައް ނިންމާލައިފައެވެ. އެ ޓީމުން ވަނީ ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މި މެޗުގައި އުމުރުން 18 އަހަރުގެ ފޯވާޑް، ގީއޫ ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ ކިއެނާން ޑޫސްބަރީ-ހޯލް އާއި މާކް ކުކުރޭޔާ އެވެ.

ޝެމްރޮކްގެ ހަމައެކަނި ލަނޑުޖަހައިދިނީ މާކަސް ޕޫމް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ވިޓޯރިއާ ޑެ ގިމަރޭޝްއާ 1-1 އިން ވަނީ ފިއޮރެންޓީނާ އެއްވަރުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު