ENGLISH

04 ޖޫން 2025

Advertisement

ޔުނައިޓެޑް ބަލިކޮށް ޓޮޓްނަމް ސެމީ އަށް

20 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޓޮޓްނަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން 4-3 އިން މޮޅުވެ، ޓޮޓްނަމް ހޮޓްސްޕަރ އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ޑޮމިނިކް ސޮލާންކޭ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ ޑޭޔާން ކުލުސެވްސްކީ އާއި ކެޕްޓަން، ސޮން ހެއުން-މިން އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ޖަހައިދިނީ ޖޯޝުއާ ޒާކްޒީ، އަމަޑް ޑިއާލޯ އާއި ޖޮނީ އެވަންސް އެވެ.

މި މެޗަށްފަހު މުބާރާތުގެ ސެމީ ފައިނަލްގެ ގުރުއަތުލުން ބާއްވާފައިވާއިރު، ޓޮޓްނަމް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލާ ދެކޮޅަށެވެ. ދެވަނަ ސެމީގައި އާސެނަލް ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.

ލީގު ކަޕްގެ ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ ޖަނަވަރީ މަހުގެ ކުރީކޮޅު ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ފެބުރުއަރީ މަހުގެ ކުރީކޮޅު އެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮތީ މާރޗް 16، 2025 ގައި ވެމްބްލީ ސްޓޭޑިއަމްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު