ENGLISH

04 ޖޫން 2025

Advertisement

ޕެނަލްޓީ ޖަހައިގެން ފުވައްމުލައް ބަލިކޮށް އަލިފުށި ސެމީ އަށް

19 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އަލިފުށީގެ ކުޅުންތެރިން މެޗަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ފުވައްމުލަކު ސިޓީ ބަލިކޮށް ރ. އަލިފުށިން ސެމީގެ ތިންވަނަ ޖާގަ ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓް އަކަށްފަހު އެވެ.

މި މެޗުގައި އަލިފުށީގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ނިހާން އާއި ހުސެއިން ޝަރީފް އެވެ. ފުވައްމުލަކުުގެ ދެ ލަނޑުގެ ތެރެއިން އެއްގޯލަކީ އަލިފުށީގެ ނިހާން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އަހުމަދު ސަމީޒް އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އަލިފުށިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ފުވައްމުލަކުގެ ގޯލް ކީޕަރު، އަޝްރަފު އަބްދުﷲ މަތަކުރިއެވެ. 

ފުވައްމުލަކުގެ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މި ދެ ޕެނަލްޓީ ވެސް އަލިފުށީގެ ގޯލްކީޕަރު، އަބްދުއްސައްދާދު އާދަމް ވަނީ މަތަކޮށްފައެވެ.

މުބާރާތުގެ ސެމީގައި އަލިފުށި ނުކުންނާނީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި އައްޑޫ ސިޓީއާ ކ. މާފުށި ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު