ENGLISH

12 މޭ 2026

Advertisement

2025 ވަނަ އަހަރު ސިއްހީ ދާއިރާއިން 135 ޝަކުވާ ހުށަހަޅައިފި

12 މޭ 2026

|

އައިމިނަތު ޝަފާ

ދަރުމަވަންތަ ހޮސްޕިޓަލް.

ހުސްވި 2025 ވަނަ އަހަރު ޖުލައި މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ ތަރައްގީއާ ބެހޭ ވުޒާރާގެ ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް 135 ޝަކުވާ ހުށަހަޅާފައިވާކަމަށް އެ ވުޒާރާއިން ބުނެފި އެވެ. 

ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރުމަށް "މާހަރާ" ޕޯޓަލް" އިފްތިތާހުކުރީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. މި ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރުމުން ރަގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރާނެކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ. 

ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް ހުށަހެޅޭ މައްސަލަތައް ކެޓަގަރައިޒްކޮށް 31 ދާއިރާއަކަށް ބަހާލާފައިވެއެވެ.

ވުޒާރާއިން ބުނީ 2025 ވަނަ އަހަރުގެ ޖުލައިމަހުން ފެށިގެން ޑިސެންބަރުމަހުގެ ނިޔަލަށް ޖުމްލަ 135 ޝަކުވާ ލިބިފައިވާކަމަށެވެ. 

ހުށަހަޅާފައިވާ ޝަކުވާތަކުގެ ތަފްސީލުތައް:

1 ދެވޭ ޞިއްހީ ޚިދުމަތްތަކާއިމެދު ހިތްހަމަނުޖެހުން: 07

2 ބަލިމީހުންނަށް ދެވޭ ފަރުވާއާއި ގުޅިގެން - އިހުމާލުކަމަށް ހުށަހެޅޭ މައްސަލަތައް: 02

3 ފްރޯޑް: 02

4 މެޑިކޭޝަން އެރާ: 04

5 ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް މަސައްކަތް ކުރުން: 11

6 ޞިއްޙީ ޚިދުމަތް ތެރިންނާއި ގުޅިގެން: 22

7 ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ގުޅިގެން: 53

8 ބޭނުންވާ މަޢުލޫމާތު ނުލިބުން: 09

9 އިދާރީ މައްސަލަ: 13

10 ޖިންސީފުރައްސާރަ އާއި ގުޅިގެން: 01

11 ޖިސްމާނީ އަދި ނަފްސާނީ އަނިޔާ: 02

12 އެހެނިހެން: 09

ޖުމްލަ: 135

މިދިޔަ އަހަރު ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ "މާހަރާ" ޕޯޓަލް އާއި އީމެއިލް މެދުވެރިކޮށެވެ. އަދި ފޯނު، ސިޓީ، މެމޯ، މެސެޖް، ސޯޝަލް މީޑިއާ ގެ އިތުރުން އޮފީހަށް ހާޒިރުވެ މައްސަލަ ހުށަހަޅާފައިވާކަމަށް ސިއްހަތާ ބެހޭ ވުޒާރައިން ވަނި ބުނެފަ އެވެ. މީގެއިތުރުން، ޕަބްލިކް ކޮމްޕްލެއިން ޔުނިޓުން އަމިއްލައަށް އިސްނަގައިގެން ވެސް ބައެއް ޝަކުވާތައް ރިވިއުކޮށްފައިވެއެވެ. އަދި ސިއްހަތާ ބެހޭ ވުޒާރާގެ ޑިޕާޓްމަންޓްތަކަށް ހުށަހަޅާފައިވާ ޝަކުވާތަކާ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝަކުވާތައް މުވައްޒަފުންނަށް މެސެޖުން ހުށަހަޅާފައިވާ ޝަކުވާތައްވެސް މީގެ ތެރޭގައި ހިމެނޭކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ. 

ޝަކުވާ ހުށަހަޅާފައިވާ ގޮތްތަކާއި ޖަވާބުދާރީވެފައިވާ މިންވަރު:

ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓަށް 2025 ވަނަ އަހަރުގެ ޖުލައި އިން ޑިސެންބަރުމަހުގެ ނިޔަލަށް ހުށަހެޅުނު 135 ޝަކުވާތަކުގެ ތެރެއިން:-

- 101 ޝަކުވާ ރިވިއުކޮށް ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދީފައިވޭ.

- 24 ޝަކުވާ ރިވިއުކުރުމުގެ މަސައްކަތް ކުރަމުންގެންދެވިފައިވޭ.

- 9 ޝަކުވާ ވަނީ މި ޑިވިޜަންގެ ކޭސް ރިވިއު ޔުނިޓުން ރިވިއު ކުރުމަށް ފޮނުވާފައިވޭ.

- 1 ޝަކުވާ ވަނީ ވުޒާރާގެ އެޗް.އާރް. ޑިވިޜަނަށް ފޮނުވާފައިވޭ.

ޞިއްޙީ ޚިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު