ENGLISH
04 ޖޫން 2025
އެޓަލާންޓާ އާއި ރޯމާ ކުއާޓަރ އަށް
19 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އެޓަލާންޓާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
އިޓާލިއަން ކަޕްގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އެޓަލާންޓާ އާއި އޭއެސް ރޯމާ އެ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ދެވަނަ ޑިވިޝަނުގެ ސެސޭނާގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެޓަލާންޓާ މޮޅުވީ 6-1 އިންނެވެ. މި މެޗުގައި އެޓަލާންޓާ ޖެހި ހަ ލަނޑުގެ ތެރެއިން ޗާލްސް ޑެ ކެޓެލާރް އާއި ލަޒާރް ސަމާޑްޒިޗް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހިއެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ޑެވިޑޭ ޒަޕަކޯސްޓާ އާއި މާކޯ ބްރެޝިއަނީނީ އެވެ.
ސެސޭނާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖޯސެފް ސީސޭ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ރޯމާގެ ދަނޑުގައި އެ ޓީމުން ވަނީ 4-1 ގެ ނަތީޖާއަކުން ސަމްޕްޑޯރިއާގެ މައްޗަށް ކުރި ހޯދައިފައެވެ.
ރޭގެ މެޗުގައި ރޯމާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ އާޓެމް ޑޮވްބީކް އެވެ. އެ ޓީމުގެ އަނެއް ދެލަނޑު ޖަހައިދިނީ ޓޮމާސޯ ބަލްޑާންޒީ އާއި އެލްޑޯ ޝޮމުރޮޑޯވް އެވެ.
އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލްގައި ކުރިއަށްހުރި މެޗުތަކުގެ ތެރޭގައި، މިލާނާއި ރޯމާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗާއި، ބޮލޯނިއާ އާއި އެޓަލާންޓާ ކުޅޭ މެޗުގެ އިތުރުން ޔުވެންޓަސްއާ ދެކޮޅަށް އެމްޕޯލީ ނުކުންނަ މެޗު ފާހަގަކޮށްލެވެއެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހު އެވެ.