ENGLISH

12 މޭ 2026

Advertisement

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 225 އެޕްލިކޭޝަން

12 މޭ 2026

|

އައިމިނަތު ޝަފާ

މިދިޔަ އަހަރު ބޭއްވި ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 225 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

މިއަދު  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ފާއިތުވި 2025 އަހަރު ބޭއްވުނު އުފެއްދުންތެރިކަމުގެ މައުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ފުޅާ އުފެއްދުންތެރިކަމުގެ މައުރަޒު ކަމަށެވެ.

އޭގެ އަލީގައި މިއަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާކަމަށާއި އެ އަމާޒަށް ވާސިލުވުމަށް މިހާރުވެސް ވަރަށް ގިނަ ކަންކަން ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. 

އެގޮތުން މިހާރު ވެސް ދިވެހި އުފެްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމަށް ވިދާޅުވި އެވެ. 

" އަޅުގަނޑުމެން އިއުލާނުކޮށްފައިވާނެ އޭޕްރީލްމަހުގެ ހަތް ވަނަ ދުވަހު އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް. މިހާ ހިސާބަށް އައިއިރު 225 އެޕްލިކޭޝަން ލިބިފައިވޭ އެބަ މައުރަޒުގައި ބައިވެރިވުމަށް. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެއްކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. މީގެ ތެރޭގައި އަމިއްލަ ފަރުދުންގެ 158 ބޭފުޅުން، ވިޔަފާރިތަކަށް ނިސްބަތްވާ 61 ބޭފުޅުން، ވިހި ރަށަކުން ހަތަރު އެންޖީއޯސް އަދި އޭގެ އިތުރަށް މުއްދަތު ހަމަވާ ތާރީހުގެ ކުރިން އިތުރު އެޕްލިކޭޝްތައް އައިސްފާނެކަމަށް ބެލެވޭ،". ވަޒީރު ވިދާޅުވި އެވެ.   

މިފަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ރާއްޖޭގެ ސްޓޯލްތަކުގެ އިތުރަށް ރާއްޖޭއިން ބޭރުގެ ސްޓޯލްތައް ބެހެއްޓުމަށް ވެސް ފުރުސަތު ފަހިކޮށްދީފައިވާނެކަމަށް ވަޒީރު ވިދާޅުވި އެވެ. 

އުފެދުންތެރިކަމުގެ މައުރަޒު ބާއްވަނީ، އިގްތިސާދީ ތަރައްގީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމުގެމަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަ (ބީސީސީ) އިން އިންތިޒާމުކޮށްގެން ނެވެ.

މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިވެރިވުމަށްއެދި ހުށަހެޅުމުގެ ފުރުޞަޠު https://www.expo.mv ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފަ އެވެ. އަދި މަޢުރަޒުގައި ތަކެތި ބައިވެރި ކުރުމުގެ އުޞޫލުވެސް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ. 

ފާއިތުވި 2025 އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެފަދަ އެންމެ ބޮޑު މަޢުރަޒެވެ. މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ.

ތަފާތު ގިނަ ޙަރަކާތްތަކަކާއެކު ފަސް ޑިސްޓްރިކްޓަކަށް ބަހާލައިގެން 2025 ވަނަ އަހަރުވެސް ކުރިއަށް ގެންދެވުނު މަޢުރަޒުގައި ރާއްޖޭގެ އުފެއްދުންތެރިންނާއި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވިއެވެ.

ދިގުމުއްތަކަށްފަހު އުފެއްދުންތެރިކަމުގެ މަޢުރަޒު ބާއްވާނޭކަން އިއުލާނުކުރީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު ވިދާޅުވިގޮތަށް މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށް އާދަޔާހިލާފު ތަރުޙީބެއް ލިބުނެވެ. 

ކިޔުންތެރިންގެ ހިޔާލު