ENGLISH

11 މޭ 2026

Advertisement

ކ އަތޮޅުން އައްޑޫއަށް ހުދު ސަމާލު، ވައިގަދަވެ ކަނޑުތައް ގަދަވާނެ

11 މޭ 2026

|

އަޙުމަދު ޙަމީދު

މޫސުން ގޯސް ދުވަހެއް --

ކ އަތޮޅުން އައްޑޫސިޓީ ހިމެނޭ ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދެންމެ ވަނީ ކ އަތޮޅުން އައްޑޫސިޓީ ހިމެނޭ ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފަ އެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ 10:30 އާ ހަމައަށެވެ.

އެެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލަށް ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިއީ މުޅި ރާއްޖެއަށްވެސް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެ އެވެ. ވައިވެސް ވަރަށް ގަދަ އެވެ. ބައެއް ސަރަޙައްދުތަކުގެ ކަނޑުތައް ވެސް މި ދުވަސްވަރު ވަރަށް ގަދަ އެވެ.

ކިޔުންތެރިންގެ ހިޔާލު