ENGLISH

11 މޭ 2026

Advertisement

އައިއެމް މޯލްޑިވްސް ކެމްޕޭނުގެ ދަށުން ރޯޑްޝޯތަކެއް ބާއްވަނީ

11 މޭ 2026

|

އާމިނަތު ނުޒްލާ

ފަތުރުވެރިކަމުގެ ސިނާއަތާ އޮންނަ ގުޅުން ބަދަހިކުރުމަށް "އައިއެމް މޯލްޑިވްސް" ކެމްޕޭނުގެ ދަށުން ރޯޑްޝޯތަކެއް ބޭއްވުމަށް ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްއޭއެމް) އާއި ވިޒިޓް ވޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ރޯޑްޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލެވިގެންނެވެ. ފުރަތަމަ ފިޔަވައްސަކީ އައިއެމް މޯލްޑިވްސް – ރަޝިޔާ އެންޑް ސިއައިއެސް ރޯޑްޝޯ އެވެ. މި ރޯޑް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ 14 އިން 18 ވަނަ ދުވަހަށެވެ. މި ދަތުރުގައި އަލްމަޓީ، މޮސްކޯ އަދި ސެންޓް ޕީޓާސްބާގްގައި ރާއްޖޭގެ މަންޒިލް އިޝްތިހާރު ކުރުމުގެ ވޯކްޝޮޕްތަކާއި ވިޔަފާރިވެރިންނާއި ބައްދަލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ދެވަނަ ފިޔަވައްސަކީ އައިއެމް މޯލްޑިވްސް- ސެންޓްރަލް އެންޑް އީސްޓަން ޔޫރަޕް (ސީއީއީ) އެވެ. މި ފިޔަވަހި ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމަބަރ 9 އިން 13 އަށް ބަލްގޭރިއާ، ހަންގޭރީ އަދި ސްލޮވީނިއާގަ އެވެ.  މި މަސައްކަތްތަކުގެ ބޭނުމަކީ ހުރިހާ ދުވަސްވަރެއްގައި ވެސް ރާއްޖެއަކީ ފަތުރުވެރިންނަށް އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.

މި މަސައްކަތުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންނާއި ގައުމީ ފެންވަރުގައި ފަތުރުވެރިކަން އިޝްތިހާރު ކުރާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ ބައިނަލްއަގްވާމީ މާކެޓުގައި ރާއްޖޭގެ ނުފޫޒު ގަދަވެގެންދާނެ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ، މި ރޯޑްޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތައް ކަމަށްވާ ލަގްޒަރީ ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ޑައިވިންގ އަދި އާއިލީ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މިހާރުގެ ޓްރެންޑުތަކާއި އެއްގޮތަށް ތިމާވެއްޓާ ރައްޓެހި އަދި ގުދުރަތީ ރީތިކަމަށް ބިނާކޮށް ރާއްޖެއިން ލިބެން ހުރި ފުރުސަތުތަކަށް އަލި އަޅުވާލެވޭނެ އެވެ.

މި ރޯޑްޝޯގެ ސަބަބަން ރަޝިޔާ، ސީއައިއެސް އަދި ސިއީއީ ސަރަހައްދުގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން މީޑިއާއާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިވެ ، ވާދަވެރި މަންޒިލެއް ގޮތުގައި ރާއްޖޭގެ މަގާމު ހަރުދަނާވެގެންދާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ހުރިހާ އިންތިޒާމުތަކެއް ހިންގުމާއި ފައިސާގެ ކަންކަން ބަލަހައްޓާނީ އެންއެޗްޖީއެމް އިންނެވެ. ވިޒިޓް މޯލްޑިވްސް އިން ރަސްމީ އެންޑޯޒްމެންޓް ދިނުމުގެ އިތުރުން، ރާއްޖެ އިޝްތިހާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު