ENGLISH

11 މޭ 2026

Advertisement

ދެކުނަށް އަދިވެސް މޫސުން ގޯސް، ހުދު ސަމާލު ނެރެފި

11 މޭ 2026

|

އައިމިނަތު ޝަފާ

މުޅި ރާއްޖެއަށް މޫސުން ގޯސްދުވަހެއް، ސަމާލުވުމަށް ވަނީ އެދިފައި-- ފޮޓޯ: ޖަވިޔަނި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

މެޓުން ހުދު ސަމާލުނެރިފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ފަތިހު 5:00 އިން ފެށިގެން ހެނދުނު 11:00 އާ ހަމައަށެވެ. ސަމާލުގައި ވަނީ މި ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހާ ހަމައަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. މި ހަފްތާގައި މޫސުން ގޯސްވާނެތީ އެކަމާ ގުޅިގެން މޫސުމާ ބެހޭ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ލަފާކުރެއެވެ. 

ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ހުޅަނގު މޫސުން ފެށިފައިވާކަން މޫސުމާ ބެހޭ އިދާރާއިން ހާމަކުރީ އިއްޔެ އެވެ.

ކިޔުންތެރިންގެ ހިޔާލު