ENGLISH

11 މޭ 2026

Advertisement

ކޮންމެ ރައީސަކަށް ވަނަމެއްދީގެން އަބުރުކަތިލުމަކީ ޑިމޮކްރަސީއެއް ނޫން: ނިހާދު

11 މޭ 2026

|

އައިމިނަތު ޝަފާ

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ނިހާދު ބައިވެެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އެމްއެމްޓީވީ

ރާއްޖޭގައި ވެރިކަން ކޮށްފައިވާ ކޮންމެ ރައީސަކަށް ވަނަމެއްދީގެން އެބޭފުޅުންގެ އަބުރުކަތިލުމަކީ ޑިމޮކްރަސީއެއް ނޫންކަމަށް އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ނިހާދު ވިދާޅުވެއްޖެ އެވެ.

"އެމްއެމްޓީވީ"ގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިހާދު ވިދާޅުވީ މިއަދު އިދިކޮޅު އެމްޑީޕީގެ ކިބައިގައި ގައުމުގެ ރައްޔިތުންނަށް ވިއްކާނެ ސިޔާސަތުތަކެއް ނެތްކަމަށެވެ. ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ތަފާތު ނަންނަމުގައި ތަފާތު ޑްރާމާތައް ނެރެނީ މިފަދަ ސަބަބުތަކާ ގުޅިގެންކަމަށް ވިދާޅުވި އެވެ. 

ރައީސުންގެ އަބުރުކަތިލައި އެބޭފުޅުންގެ ބޮލުގައި ތަފާތު ތުހުމަތުތައް އަޅުވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ކިޔޭނެ ފާޑެއް ނެތުމުން ކަމަށެވެ. 

"ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ކޮންމެ ރައީސަކަށް ލަގަބެއް، ވަނަމެއް، ހުތުރުނަމެއް ދީގެން އަބުރުކަތިލުމަކީ ޑިމޮކްރަސީއެއް ކަމަށް އަޅުގަނޑު ނުދެކެމޭ. އަދި އެ ރައީސެއްގެ ބޮލުގައި ވަގު ބަދުނާމު، ނޫނީ ޒިނޭގެ ތުހުމަތު، މިދިޔަ ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ވެސް އެޅުވި މިފަދަ ކަމެއް. އަނެއްކާ މިހާރު ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި. އަޅުގަނޑު ގަބޫލުކުރަނީ މިކަހަލަ ޑްރާމާ ކުޅެނީ ކިޔޭނެ އެއްޗެއް ނެތީމަ،". ނިހާދު ވިދާޅުވި އެވެ. 

ނިހާދު ވިދާޅުވީ 2028 ގެ އިންތިހާބަށް ކުރިމަތިލާއިރު ހަމަޔަގީނުންވެސް އެމްޑީޕީން ކަންކަން ކުރި ގޮތަށް ކަންކަން މި ސަރުކާރުން ނުކުރާނެ ކަމަށެވެ. 

ރާއްޖޭގައި ވެރިކަން ކޮށްފައިވާ ކޮންމެ ރައީސަކަށް ވަނަމެއްދީގެން އެބޭފުޅުންގެ އަބުރުކަތިލުމަކީ ޑިމޮކްރަސީއެއް ނޫންކަމަށް ކުރީގެ މެމްބަރު ނިހާދު ވިދާޅުވީއިރު މިވެރިކަން ފެށުނު ފަހުން އިދިކޮޅު ސިޔާސީ ފިކުރުގެ ބޭފުޅުންނާއި ނޫސްތަކުން އަންނަނީ ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް ދޮގު ވާހަކަތައް ފަތުރަމުން ނެވެ. މީގެ ތެރެއިން ބައެއް މައްސަލަތައް ކޯޓަށް ވެސް ހުށަހެޅިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު