ENGLISH

10 މޭ 2026

Advertisement

އޮޕަރޭޝަން ކުރަނގި؛ ކުރިއާއި މިހާރުގެ ތަފާސްހިސާބާއެކު ވަޒީރު ވިދާޅުވެދެއްވީ ހާލަތަށް ގެނެވުނު އިންގިލާބީ ބަދަލު

10 މޭ 2026

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރެއްވުމަށް ފެއްޓެވި ގައުމީ މަސައްކަތްޕުޅުން ހާލަތަށް ގެނެވުނު ބަދަލަކީ އިންގިލާބީ ބަދަލެއް ކަމުގައި ސިފަކުރައްވައި މިއަދު ލިބިފައިވާ ކާމިޔާބުތަކުގެ ތަފުސީލުތައް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެދެއްވައިފިއެވެ. 

މީސްމީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވަޒީރު އިހުސާނު ވިދާޅިވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ބައޯމެޓްރިކް ރެކޯޑުތައް ދައުލަތަށް ނެގިފައިވަނީ އެންމެ 13 އިންސައްތަަ ބިދޭސީންނެވެ. އެއީ ދިހަ އިނގިލީގެ ނިޝާނާއި މޫނު ދެނެގަންނަ ފޮޓޯ ހިމެނޭހެން ބިދޭސީންނަަކީ ކޮބައިކަން ދެނެގަތުމަށް މުހިންމު މައުލޫމާތުތަކެވެ. 

ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ ނެތުމަކީ އިދާރީ ހުސްކަމެއް އެކަނި ނޫންކަން ފާހަގަކުރައްވަމުން އިހުސާނު ސިފަކުރެއްވި ގޮތުގައި އެ މައުލޫމާތު ދައުލަތުގައި ރައްކާކުރެވި ބެލެހެއްޓެމުންނުދިއުމަކީ ގައުމީ ސަލާމަތުގެ މަންޒޫރަކުން ރާއްޖެއަށް ކުރިމަތިވެފައި އޮތް ނުރައްކަލެކެވެ. 

ލިޔެކިޔުން ނެތް ބިދޭސީއެއްނަމަ ގާނޫނުު ތަންފީޒުކުރުމުގެ އޮޕަރޭޝަންތަކުގައި އެމީހަކީ ކާކުކަން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަަކަށް ވަރަށް ގިނަ ފަހަރު ދެނެނުގަނެވެއެވެ. އަދި ގައުމުގައި ތިބި ބިދޭސީންނާއި އެމިޙުން ތިބި ތަންތަނާއި އެމީހުން ރާއްޖެ އެތެރެވީ ގާނޫނާ އެއްގޮތަށްކަން އަދި ދިރިއުޅެމުންދަނީ ގާނޫނާ އެއްގޮތަށްކަން ދައުލަަތަށް ނޭނގޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ސީދާ ރައީސް ޑރ.މުއިއްޒުގެ މަގުދެއްކެވުމާއި އެމަނިކުފާނުގެ ތަސައްވުރުގެ ދަށުން ފާއިތުވި ދެ އަހަރު ބިދޭސީން ރެގިއުލަރައިޒްކޮށް އެމީހުންގެ ބައޯމެޓްރިކް ރެޖިސްޓްރޭޝަން ހެދުމުގެ ޝާމިލު ބޮޑު އޮޕަރޭޝަނެއް ފެށިގެން ކުރިއަށްގެންދެވުނުކަމަށް އިހުސާނު ވިދާޅުވިއެވެ. 

އަދި އިހުސާނު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގެ ނަތީޖާއެއްގެ ގޮތުން ބައޯމެޓްރިކް ޑޭޓާ އެއްކުރެވި ދައުލަތުގައި ރެކޯޑުކުރެވި ބެލެހެއްޓޭ ބިދޭސީންގެ ނިސްބަތް އެންމެ 13 އިންސައްތައިން 98 އިންސައްތަައަށް ދެ އަހަރު ތެރޭ އިތުރުކުރެވިފައިވެއެވެ. 

މިއީ އިންގިލާބީ ބަދަލެއްކަން ފާހަގަކުރައްވަމުން ބިދޭސީ މަސައްކަތްތެރިން ދެނެގަތުމަށް ބޭނުންވާ ބައޯމެޓްރިކް ޑޭޭޓާ ރައްކާކުރެވިފައިވާ ޑޭޓާ ބޭސްއެއް ގާއިމުކުރެވެމުން ލިބުނު ބައެއް ފައިދާތައް ވަޒީރު ވިދާޅުވެދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ގައުމީ ސަލާމަތާއި ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރެވި، ގާނޫނު ތަންފީޒުކޮށް އިމިގްރޭޝަންގެ ތަންފީޒީ އޮޕަރޭޝަންތަކުގެ ގާބިލުކަން އިތުރުކުރެވުނެވެ. އަދި ޝަހުސު އޮޅުވައިލުމުގެ ކުށްތައް މަދުކުރުމަށް މަގުފަހިކުރެވި ގާނޫނާ ހިލާފަށް މީހުން ލައްވައި މަސައްކަތްކުރުުވުން ހުއްޓުވުމުގައި ކުރިއެރުންތަކެއް ލިބޭނެއެވެ. 

އިތުރަށް އިހުސާން ވިދާޅުވީ ބައޯމެޓްރިކް ޑޭޓާ އެއްކުރެއްވުމުގެ ސަބަބުން ލިޔެކުޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމާއި، ރާއްޖޭގައި ތިބުމަށް ހުއްދަ ދީފައިވާ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި ތިބޭ ބިދޭސީން ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. އަދި އާއްމު ރައްކާތެރިކަން ކަށަވަރުކޮށް ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގައިވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ. އަދި ރާއްޖެއަށް އެތެރެވުމުގެ ކަންކަން ބެލެހެއްޓުމުގެ ނިޒާމުތަކާމެދު ބައިނަލްއަގުވާމީ އިތުބާރު ބޮޑުވެގެންދާނެއެވެ. 

މީހުންގެ ޝަހުސިއްޔަތު ކަށަވަރުކޮށް، ހިޖުރަކުރުން މެނޭޖުކުރުމުގައި ދުނިޔޭގައި ތަންފީޒުކުރާ އެންމެ މަތީ ފެންވަރުގެ ބައޯމެޓްރިކް ގަވަނެންސް މިންގަނޑުތައް ތަންފީޒުކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ މި ފިޔަވަޅުތަކުގެ ސަބަބުން ހިމެނިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ފާއިތުވި ދެ އަހަރު ތަންފީޒުކުރެވުނު މައިގްރޭޝަނުގެ އިސްލާހުތަކާއި، އޮޕަރޭޗަން ކުރަނގިއަކީ ސިޔާސީ އަޒުމާއި، މުއައްސަސާތައް އެކުލަވައިގެން މަސައްކަތްކުރުމާއި، ހުއްޓުމެއް ނެތް ބުރަ މަސައްކަތުން ނެރެވިދާނެ ނަތީޖާ ދައްކުވައިދޭ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު