ENGLISH
09 މޭ 2026
ގައުމީ ކުތުބުހާނާގެ ހިދުމަތް އަތޮޅު ތެރެއަށް؛ ހަ ރަށެއްގައި ގޮފިތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް
09 މޭ 2026
|
ގައުމީ ކުތުބުހާނާ، ފޮޓޯ: ޓީއެންއެން
އެންމެ މަޤްބޫލު
ގައުމީ ކުގުބުހާނާގެ ހިދުމަތް އަތޮޅު ތެރެއަށް ފުޅާކުރުމުގެ ގޮތުން ހަ ރަށެއްގަައި ކުތުބުހާނާގެ ގޮފިތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކމަމަށް ސަަގާފަތާއި ތަރިކައާއި ފަންނާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނިމުނު ހަފުތާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ހީނާ ވިދާޅުވީ މި މަސައްކަތުގެ ދަށުން ދެކުނުގެ ސިޓީތަކުގެ ތެރެއިން އައްޑޫއާއި ފުވައްމުލަކުގައި ކުތުބުހާނާގެ ގޮފިތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި ސިޓީތަކުގައި ލައިބްރަރީގެ ގޮފިތައް ގާއިމުކޮށް، ޒުވާނުންގެ މެދުގައި ދިރާސާކުރުމާއި، އުނގެނުމުގެ ޝައުގުވެރިކަން އުފެއްދުމުގެ މަސައްކަތަކީ ގައުމީ ކުތުބުހާނާއިން އެންމެ ބޮޑަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.
އަދި ހީނާ ވިދާޅުވީ ގައުމީ ކުތުބުހާނާގެ ދިގުރާސްތާ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގަައި ކުތުބުހާނާގެ ގޮތްޕެއް ހުޅުވުމެވެ. އެކަމަށް ޕްރލޭނެއް އެކަށައަޅައިގެން މަަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫއާއި ފުވައްމުލައް ސިޓީގައި ކުތުބުހާނާގެ ގޮފިތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ އެ ދެ ސިޓީގައި ކުތުބުހާނާގެ ގޮފިތައް ގާއިމުކުރުމަށް ބޭނުންވާ އިމާރާތްތަކުގެ ބިންގާ އަޅައި، އަމަލީ ގޮތުން އިމާރާތްކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.
މި އަހަރު ތެރޭ ކުތުބުހާނާގެ ގޮފިތައް ގާއިމުކުރާނެ ހަ ރަށެއް މިހާރު އިހުތިޔާރުކޮށް އެ މަސައްކަތްކުރުމަށް އެ އިދާރާއިން ތައްޔާރުވަމުންދާކަން ހީނާ ފާހަގަކުރެއްވިއެވެ. އެގޮތުން މި އަހަރު އެ މަސައްކަތްކުރުމަށް އިހުތިޔާރުކޮށްފައިވާ ރަށްރަށަކީ ހއ. އިހަވަންދޫ، ހއ. ކެލާ، ނ. ކެނދުކުޅުދޫ، އދ. މަންދޫ، ދެ. މީދޫ އަދި ތ. ބުރުންޏެވެ.
" އަދި 2026 ވަނަ އަހަރު ޤާއިމްކުރާ ލައިބްރަރީތަކުގެ، ރަށްރަށުގަ ހުރި އިމާރާތްތައް ބަދަލުކޮށްގެން ލައިބްރަރީތައް ޤާއިމްކުރެވިދާނެ ތަންތަން ބަލައި، އެގޮތުން އިމާރާތް އެންމެ އަވަހަށް ކުރިއަށްގެންދެވިދާނެ ފާހަގަކުރެވިފައިވާ 6 ރަށެއް. އެ ރަށްރަށަށް ގޮސް ތަނުގެ ހާލަތު ބަލައި، ކުރަން ހުރި ކަންކަން ކުރުމަށްޓަކައި މިހާރު މަސައްކަތް ފަށާފައި މިވަނީ،" ހީނާ ވިދާޅުވިއެވެ.
ރަށްރަށުގައި ކުތުބުހާނާ ގާއިމުކުރުމާއި ދިރާސާކުރުމާއި އިލްމީ މަސައްކަތްތައް ފުޅާކުރުމާއި، އެކަންކަމަށް ޝައުގުވެރިވާ ޖީލެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނުގެ ސަރުކާރުން އިސްކަންދީގެން ކުރަމުންދާ މަސައްކަތްތަކެކެވެ.