ENGLISH
09 މޭ 2026
ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
08 މޭ 2026
|
ގެމަނަފުށީގައި ގާއިމުކުރާ މިސްކިތުގެ މަސައްކަތުގެ ތެރެއިން
އެންމެ މަޤްބޫލު
ގއ. ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އާރްޑީސީ) އިން ބުނެފިއެވެ.
މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އާރްޑީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މިސްކިތުގެ ވުޟޫކުރާ ތަނުގެ ކޮލަމް ރީއެންފޯސްމަންޓް މަސައްކަތް ކަމަށެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އާރްޑީސީއާ ހަވާލުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ.
މި މަޝްރޫއުގެ ދަށުން މިސްކިތުގައި ވުޟޫކުރާނެ ބަޔަކާއި، މުންނާރު، މިސްކިތުގެ ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން މި މިސްކިތުގައި ވެސް ސޯލާ ޕެނަލް ހަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 7،780،395.62 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި އާރްޑީސީއާ މި މަޝްރޫއު ހަވާލުކޮޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.