ENGLISH
04 ޖޫން 2025
ލިވަޕޫލާއި އާސެނަލް ސެމީ އަށް
19 ޑިސެމްބަރު 2024
|
ޕެލަސް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ފޯވާޑް، ޖެސޫސް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލިވަޕޫލާއި އާސެނަލް އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލުން ވަނީ ރަށުން ބޭރުގައި 2-1 އިން ސައުތެމްޓަން ބަލިކޮށްފައެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ދެ ގޯލް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ޑާވިން ނޫނޭޒް އާއި ހާވީ އެލިއަޓް އެވެ.
ސައުތެމްޓަންގެ ހަމައެކަނި ލަނޑު، ފަހު ހާފުގައި ކާމިޔާބުކޮށްދިނީ ކެމަރަން އާޗާ އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން އެ ޓީމު މޮޅުވީ 3-2 އިންނެވެ. މި މެޗުގައި އާސެނަލްގެ ތިން ލަނޑު ވެސް ޖަހައިދިނީ ގެބްރިއެލް ޖެސޫސް އެވެ. ޕެލަސްގެ ލަނޑުތައް ޖަހައިދިނީ ޖީން-ފިލިޕް މަޓޭޓާ އާއި އެޑީ އެންކެޓިއާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ނިއުކާސަލް ޔުނައިޓެޑް ވަނީ 3-1 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ.
ލީގު ކަޕްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށެވެ.