ENGLISH

08 މޭ 2026

Advertisement

"ދިވެހި ޙައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ"

08 މޭ 2026

|

އައިމިނަތު ޝަފާ

ދިވެހި ޙައްޖުވެރިންގެ ސަޢުދީގެ މުޠައްވިފް، ރަވާފް މިނާއާ ދިވެހި ހައްޖުމިޝަންއިން ބައްދަލުކުރުން. ފޮޓޯ؛ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާ

ދިވެހި ޙައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެކަމަށް ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދީގެ ރާއްޖޭގެ އެޖެންޓް، ރަވާފް މިނާއިން ބުނެފި އެވެ.

ޙައްޖުގެ ކަންކަމުގައި ސަޢުދީގެ ރާއްޖޭގެ އެޖެންޓް ރަވާފް މިނާއާއި ޙައްޖު މިޝަނުން ވަނީ ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުމުގައި ރަވާފް މިނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީއީއޯ ޒުހައިރް ޢަބްދުލް ޙާމިދް ސަދަޔޯ އެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނީ ރާއްޖެއިން މައްކާގައި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވުމަށް ޤާއިމުކުރާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް އެވެ. އަދި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ކޮންމެ ޙާޖީއެއްގެ ދަތުރު ފަސޭހަކޮށްދީ، މަގު ދައްކައިދޭ ޚާއްޞަ އެހީތެރިންނަކީ މުޠައްވިފުން ނެވެ. ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވުޒާރާއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައިވާ އެެޖެންޓަކީ ރަވާފް މިނާ އެވެ.

މި ބައްދަލުވުމުގައި ދިވެހި ހައްޖާޖީންނަށް ޚިދުމަތްތައް ދިނުމަށް މިހާތަނަށް ކުރިއަށްގެންދެވުނު މަސައްކަތްތަކާއި ޙާޖީން މައްކާއަށް އަންނަ ދުވަސްތަކަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. އަދި އެންމެހާ މަޝާއިރުތަކުގެ އިންތިޒާމްތަކާގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު