ENGLISH
08 މޭ 2026
ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމެއްގައި އޮސްޓްރޭލިއާއެކު ސޮއިކޮށްފި
08 މޭ 2026
|
ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރުން. ފޮޓޯ؛ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުން ހިމެނޭހެން ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ ފަހުމުނާމާއެއްގައި އޮސްޓްރޭލިއާއެކު ސޮއިކޮށްފި އެވެ.
ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއާއި އޮސްޓްރޭލިއާގެ ބޯޑަރ ފޯރސް ކޮމާންޑްއާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ.
މި ފަހުމުނާމާގެ ދަށުން، ދެ ޤައުމު ގުޅިގެން ތަމްރީނުތައް ބޭއްވުމާއި، ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމާ ބެހޭ އޮނިގަނޑެއް އެކުލަވާލާނެ އެވެ.
މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށް މަގުފަހިކުރުންކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.