ENGLISH
08 މޭ 2026
ކުޑަހުވަދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި އިމާރާތްކުރާ ގެތަކުގެ ބިމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
08 މޭ 2026
|
ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ބިން ސަރުކާރާ ހަވާލުކުރުން.-- ފޮޓޯ: ހައުސިން މިނިސްޓްރީ
އެންމެ މަޤްބޫލު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓުތައް އިމާރާތްކުރުމަށް ބޭނުންވާ ބިންތައް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި 50 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވާ 46 ބިމެއް މިހާތަނަށް ވުޒާރާއާ ހަވާލުކޮށްފައިވެއެވެ.
އެ މަޝްރޫއު ހިންގުމަށް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ ހައުސިން ޔުނިޓުތަކެކެވެ.
ހައުސިން ޔުނިޓް ތަރައްގިކުރަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޭގައި ހައުސިން ޔުނިޓް އަޅައިދޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ އިއުލާނުކުރައްވައިފަ އެވެ. އަމިއްލަ ގޯއްޗެއް ލިބި، އެ ތަނުގައި އިމާރާތެއް އެޅުމުގެ ތަނަވަސްކަން ނެތް ނަމަ އެ މީހަކަށް އަމިއްލަ ގޯތީގައި ސަރުކާރުން ހައުސިން ޔުނިޓް އަޅައި ދޭނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.