ENGLISH

08 މޭ 2026

Advertisement

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުން: ބަހުސް މަރުހަލާ ކުރިއަށް

08 މޭ 2026

|

އައިމިނަތު ޝަފާ

ބަންޑާރަނައިބު އަހުމަދު އުޝާމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޖޭއެސްސީ އެކުލަވާލަންވީ އެންމެ ރަނގަޅު ގޮތުގެ ބަހުސްތައް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްެވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ މިހާރު ކުރިއަށްދަނީ ޖޭއެސްސީ އެކުލަވާލެވިފައި އޮންނަންޖޭހެނެ އެންމެ ރަނގަޅު ގޮތުގެ ބަހުސްތައް ކަމަށެވެ. 

މިދިޔަ ސަރުކާރުގެ ތެރޭގައި ވެސް ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމުގެ ބަހުސްތައް ހިނގާފައިވާކަމަށާއި ނަމަވެސް ވަކި ނިންމުމެއް ނިންމިފައި ނުވާކަމަށް ވިދާޅުވި އެވެ.

"އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ދިރާސާތައް ވެސް ކޮށްފައި އެބަހުރި. އެކަމަކު އެއިން އެއްވެސް ދިރާސާއަކު ވަކި ނިންމުމެއް ނިންމައި މިވެނި ގޮތަކަށް ޖޭއެސްސީ އެކުލަވާލުމޭ އެންމެ ރަނގަޅީ ބުނެފައެއް ނެތް،" އުޝާމް ވިދާޅުވި އެވެ. 

ބަންޑާރަނައިބު ވިދާޅުވީ ޖޭއެސްސީއަށް ބަދަލެއް ގެންނައިރު ޝަރުއީ ދާއިރާގެ މަޝްވަރާ ހޯދުމަކީ މުހިންމުކަމެއް ކަމަށެވެ. ވުމާއެކު ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނާއި ސްޕްރީމްކޯޓުގެ މަޝްވަރާ މިކަމުގައި ހޯއްދަވަމުން ގެންދަވާ ވިދާޅުވި އެވެ. 

ބަންޑާރަ ނައިބު ވިދާޅުވީ މިހާރު ޖޭއެސްސީ އެކުލެވިގެންވާގޮތުން ސިޔާސީ ނުފޯރު ފޯރުވޭނެ ކަމަށާއި އެކަން ބަދަލުކުރަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

ޖޭއެސްސީ އެކުލަވާލަންވީ އެންމެ ރަނގަޅު ގޮތް ފައިނަލްވުމުން ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކޮށް ސިޔާސީ ނުފޫޒުން މިނިވަންކުރާނެކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު