ENGLISH
08 މޭ 2026
އަންނަ ހަފްތާގައި ހިތަދޫ ޕޯޓުގައި ޑިއުޓީ ފްރީ ޒޯންގެ ހިދުމަތް ދެނީ
08 މޭ 2026
|
ހިތަދޫ ޕޯޓް. ފޮޓޯ؛ޕީއެސްއެމް
އެންމެ މަޤްބޫލު
އަންނަ ހަފްތާގެ ތެރޭގައި އައްޑޫ ހިތަދޫ ޕޯޓްގައި ޑިއުޓީ ފްރީ ޒޯނުގެ ޚިދުމަތް ފެށިގެންދާނެކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި ފެށޭ ހަފްތާގައި ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ވިޔަފާރި ފޯރަމެއް ބާއްވަން އައްޑޫ ސިޓީއަށް ކުރާ ދަތުރުގެ ތެރެއިން އައްޑޫ ހިތަދޫ ޕޯޓްގައި ޑިއުޓީ ފްރީ ޒޯނުގެ ޚިދުމަތް ފެށިގެންދާނެކަމަށް ވިދާޅުވި އެވެ.
އަދި މި މަޝްރޫއުގެ މަސައްކަތް އެ ތާރީހަށް ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން މިހާރު ތައްޔާރުވަމުން އަންނަކަމަށް ވަޒީރު ވިދާޅުވި އެވެ.
ޑިއުޓީ ފްރީ ޒޯންގެ ހިދުމަތާއެކު ޑިއުޓީ ނުދައްކާ ކާޑާއި، ކާބޯތަކެތި އަދި އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ ކަމަށާއި މި ޒޯން މެދުވެރިކޮށް މި ސަރަހައްދުގައި ވަރަށް ކުޑަ އަގެއްގައި މުދާ ބެހެއްޓޭނެ އިންތިޒާމްތައް ހަމަޖެހިގެން ދާނެ އެވެ.
ބޮންޑެޑް ވެއާހައުސްއާއެކު ވިޔަފާރިވެރިންްނަށް، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކާއެކު ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ.
މީގެއިތުރުން ހިތަދޫ ބަނދަރުގައި އަލަށް ފަށަން ނިންމާފައިވާ ބަލްކް ކާގޯ ފެސިލިޓީ ގާއިމް ކުރުމާއެކު އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިތަދޫ ބަނދަރުގައި ބެހެއްޓުމުގައި ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ. މި ހިދުމަތަކާއެކު ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބަނދަަރު ސަަރަހައްދުގައި ހިލަ އާއި ހިލަވެލި ބަހައްޓައިގެން ވެސް ސަޕްލައި ކުރުމުގައިވެސް ފަސޭހަވެގެން ދާނެ އެވެ.