ENGLISH
08 މޭ 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 32 އަހަރުގެ މީހަކު ހައްޔަރު ކޮށްފި
07 މޭ 2026
|
ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 32 އަހަރުގެ މީހަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޕްރީލް 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ގައި 32 އަހަރުގެ ދިވެހި ފިރިހެނަކު މެއި 7 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.