ENGLISH
08 މޭ 2026
މިތިބީ ރައީސް މުޢިއްޒާއެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް، އިރާދަފުޅުން ދެވަނަ ދައުރެއް ޔަޤީން: އަބްދުއްރަހީމް
07 މޭ 2026
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ ރައްޔިތުން އެދޭ ގޮތަށް ވެރިކުރައްވަމުން ގެންދަވާ ރައީސެއް ކަމަށާ މިއީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ކަމަރު ބަންނަންވީ ވަގުތު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު ދިވެހީން އަޒުމް ކަނޑައަޅަންވީ މި ޤައުމު ދެން ހަލަބޮލިކުރަން ފުރުސަތު ނުދިނުމަށް ކަމަށެވެ.
މި ސަރުކާރު ވެރިިކަމާ ހަވާލުވުމާއެކު ޤައުމު ބަނގުރޫޓްވާނެ ކަމަށާ ދެތީން މަސް ދުވަސްތެރޭ ސަރުކާރު ވެއްޓޭނެ ކަމަށް އޭރު އިދިކޮޅުން ގޮވަމުން ދިޔަ ކަމަށާ ނަމަވެސް ވޭތުވެދިޔަ 21 ދުވަސްތެރޭ ސަރުކާރުން ވަނީ އެއް ބިލުއަން ރުފިޔާގެ ދަރަނި ދައްކާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ ރައީސް ޑރ. މުޢިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ކަމަރު ބަންނަންވީ ވަގުތު ކަމަށެވެ. މި ސަރުކާރާއެކު ތަރައްގީގެ މަޝްރޫއުތައް ދަނީ ހިނގަމުންދާ ކަމަށާ ރައްޔިތުން ތިބީ އެމަނިކުފާނާ އެކު ކަމަށް ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް، ބޮޑުކޮށް ވަރުގަދައަށް. ރައްޔިތުންގެ ފަޅި ބައްޔެއް ނުކުރެވޭނެ،”
މިރޭގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ކިތަންެމެ ވަރަކަަށް މަސައްކަތް ކުރި ނަމަވެސް ކޮންގްރެސް ޕާޓީ ބައިބައިނުކުރެވޭނެ ކަމަށެވެ.
މިއަދު އިދިކޮޅުން ކުރަމުންދަނީ އެކަން ކަމަށާ ރައީސް މުޢިއްޒުގެ ހިތްވަރު ބަލިކޮށް ނުލެވުމުން މިއަދު ފެންނަނީ ޒާތީ ގޮތުން ދިމާކޮށް އަބުރުކަތިލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަން އެ ބޭފުޅުންނަށް މާމޮޅަށް ކުރެއްވޭނެ ކަމަށާ ނަމަވެސް ރައީސަކީ އެ ޒާތުން ރައްދު ދެއްވާނެ ބޭފުޅެއް ނޫން ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނު ރައްދު ދެއްވާނީ އަމަލީ ގޮތުން ނަތީޖާ ނެރުއްވައިގެން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ ޒާތީ ޖަދަލުކުރުންތަކަށް ފުރުސަތެއް ދޭގޮތަކަށް ނޫން ކަމަށެވެ. އެކަމަކު ރައީސް ވިދާޅުވަނީ އެފަދަ ކަމެއް ނުކުރަވަން ކަމަަށް ވިދާޅުވި އެވެ. މުސްތަޤުބަލުން އިބްރަތް ހާސިލުކޮށް މާދަމާ ބިނާކުރެވޭނީ ޕީއެންސީގެ ފިކުރަށް ކަމަށާ އެ ފިކުރުގެ ލީޑަރަކީ ރައީސް މުޢިއްޒު ކަމުގައި ވިދާޅުވެ އެއީ މާދަމާ ބިނާކުރަން ކެރިވަޑައިގަންނަވާ ލީޑަރެެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ އެމަނިކުފާނަޖީ ގައުމު ދެކެ ލޯބިވާ ރައީސެެއް ކަމުގައި ވިދާޅުވެ އެއީ އިރާދަކުރެއްވިއްޔާ ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާނެ ފުރަތަމަ ރައީސް ކަމުގައި ވިދާޅުވެފަ އެވެ.
“އެއްގޮތަކަށް ވެސް ޝައްކުނުކުރައްވާތި މާޔޫސްވެވަޑައިނުގަންނަވާތި. އިރާދަކުރެއްވިއްޔާ ﷲ ސުބުޙާނަހޫވަތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން 2028 ވަނަ އަހަރު މި ޤައުމުގައި ބޭއްވޭ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. އެކަން ކުރާނީ ދިވެހިރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯދައިގެން. ތާއީދު ހޯދައިގެން،” އަބްދުއްރަހީމް ވިދާޅުވި އެވެ.