ENGLISH
07 މޭ 2026
ފެކްޝަންގެ މެދުގައިވެސް ކޯޅުން: ފައްޔަ ވައްޑެއަށް ހޫނު ރައްދެއް ދީފި، ބިރުން ޕޯސްޓް ޑިލީޓް
07 މޭ 2026
|
ވަހީދު އަދި ފައްޔަ
އެންމެ މަޤްބޫލު
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނޭ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދުގެ ޕޯސްޓަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހޫނު ރައްދެއް ދީފި އެވެ.
ފައްޔަ، ވަހީދަށް ރައްދު ދިނީ އޭނާ ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. ވަހީދު ވަނީ އެމްޑީޕީގެ 95 އިންސައްތަ ހިއްސާއިން އުފެދުނު ސަރުކާރުގެ 60 އިންސައްތަ ހިއްސާ ދިނީ ކޯލިޝަނަށް ކަމަށް ވިދާޅުވެފަ އެވެ.
އަދި ސޯލިހަށް ނުސީދާކޮށް ރައްދު ދީ އެމްޑީޕީ ބައިބައިކުރީ ކާކުތޯ ސުވާލު ކޮށްފައިވެ އެވެ.
އެ ޕޯސްޓަށް ފައްޔާޒު ވަނީ ރައްދު ދީފަ އެވެ. ފައްޔާޒު ވަނީ "އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ރޯލެއް އަދާކުރި އެއް ފަރުދެއް ވައްޑެ ތިއީ،" ކަމުގައި ވިދާޅުވެ ހޫނު ރައްދެއް ދީފަ އެވެ.
މިއީ ނަޝީދުގެ ފެކްޝަންގެ އިސް ދެ މެންބަރަކު މިފަދަ ގޮތަކަށް ރައްދުދިން ފުރަތަމަ ފަހަރެވެ.
ވަހީދަކީ ސޯލިހަށް ވަރަށް ފާޑުކިޔާ ބޭފުޅެކެވެ. ނަޝީދަށް ވަރަށް ތާއީދު ކުރާ ބޭފުޅެކެވެ. ނަޝީދާއެކު އެމްޑީޕީން ނިކުންނަވާ ޑިމޮކްރެޓްސް އުފެއްދުމުގައި ވެސް ވަހީދު އިސް ދައުރެއް އަދާކުރި އެވެ. އަދި އެންމެ ޒާތީ ގޮތުން ސޯލިހަށް ހޫނު ރައްދު ދޭ ބޭފުޅަކީ ވެސް ވަހީދެވެ.
ސޯލިހްގެ ވެރިކަމާއި ގުޅޭގޮތުން ވަހީދު ވާހަކަ ދެއްކި ނަމަވެސް އެ ސަރުކާރު އެމްޑީޕީއަށް ލިބުނީ އެތައް ބައެއްގެ ބުރަ މަސައްކަތުންނެވެ. ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީއާ އެމްޑީއޭގެ ތާއީދު ވެސް ލިބިގެންނެވެ.
ފައްޔަގެ ރައްދާއެކު ވަހީދު ވަނީ އެ ޕޯސްޓް ފަހުން ޑިލީޓް ކޮށްފަ އެވެ.