ENGLISH
07 މޭ 2026
ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި
07 މޭ 2026
|
މަސްވެރިން މަހަށް ދަނިކޮށް/ފޮޓޯ:މަސްވެރިން
އެންމެ މަޤްބޫލު
މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މޮލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ އިން އަންނަނީ މަސްވެރިނަށް ފައިސާދޫކުރަމުންނެވެ. އެގޮތުން މިފްކޯއިން މިއަދުވެސް ހަތް ލައްކައަށް ވުރެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި 5 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖަމާކޮށްފައިވަނީ 717،683 ރ. (ހަތް ލައްކަ ސަތާރަހާސް ހަ ސަތޭކަ އަށްޑިހަ ތިން) ރުފިޔާއެވެ.
މިފްކޯއިން ބުނީ ކަޅުބިލަމަސް 7 ވަނަ ދުވަހު ކިރުވި 12 ދޯންޔަކަށް 714،833 ރ. (ހަތް ލައްކަ ސާދަ ހާސް އަށް ސަތޭކަ އަށްޑިހަ ތިން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ.
ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި މި ތާރީހުގައި ކިރުވިފަނުވެއެވެ. ނަމަވެސް 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 3 ދޯންޔަކަށް ޖަމާކޮށްފައި ވަނީ 2،850ރ. (ދެ ހާސް އަށް ސަތޭކަ ފަންސާސް ރުފިޔާ) އެވެ.
ސަރުކާރުން އަންނާނީ 2024 ވަނަ އަހަރު ޑެސެމްބަރު މަހުން ފަށައިގެން މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭމުންނެވެ.