ENGLISH

07 މޭ 2026

Advertisement

ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުން: މުންދު

07 މޭ 2026

|

ޝިފްޒާން އަޙްމަދު

ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު، ފޮޓޯ: ރައީސް އޮފީސް

ކަރަަންޓު ބިލުތައް ބޮޑުވުމުގެ މައްސަލައަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތާ ލާމެހިފައިވާ މައްސަލައަކަށްވާތީ އެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ސަރުކާރުން މަަސައްކަތްކުރަމުންދާކަމަށް ސަރުކާރުގެ އިސްތަަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ. 

ހަފުތާއަކު އެއްފަހަރު ކުރިއަށްގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަރަންޓު ބިލުުތައް ބޮޑުވުމާ ގުޅިގެން އާއްމުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބައޮތްކަން ފާހަގަކޮށް އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު ނޫސްވެރިޔަކު މުންދުއާ ސުވާލުކުރިއެވެ. 

ކަރަންޓު ބިލު ކުޑަކުރުމުގެ މަސައްކަތަކީ، ރައްޔިތުންގެ ފުދުންތެރިކަމާ ގުޅިފައި އޮތް މައްސަލައަކަށްވާތީ ހުރިހާ ސަރުކާރަކުންވެސް ވަރަށް ބޮޑަށް އިސްކަންދީގެން ކުރަމުން އައި މަސައްކަތެއް ކަމުގައި މުންދު ވިދާޅުވިއެވެ. ރާއްޖޭގައި ކަރަންޓު ކުޑަކުރަން ބަލާއިރު ކަރަންޓު އުފައްދަނީ ޑީސަލް ޖަނަރޭޓަރުތަކުގެ ތެރެއިންކަމަށްވާތީ، ޖަނަރޭޓަރުތަކާއި އެއާ ގުޅިފައިވާ ވަޔަރިން ފަދަ ކަންކަމުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. 

މި ސަރުކާރުގެ އަމާޒަަކީ މި މައްސަލައަށް ދާއިމީ ދެމެހެއްޓެނެވި ހައްލެއް ހޯދުންކަަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެކަމުގައި ރައީސް އިއުލާނުކުރައްވާފައިވާ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނަވި ހަކަތައިން އުފެއްދުންކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ އެކަމަށް ބައެއް މަޝްރޫއު ހަވާލުކުރެވި އަދި ހަވާލުކުރެވުމުގެ މަގުމަތީ އެބަހުރި ކަމަށެވެ. 

މުންދު ވިދާޅުވި ގޮތުގައި މިގޮތަށް ހަވާލުކުރާ މަޝްރޫއުތަކުގައި ކަރަންޓު އުފެއްދުމަށްފަހު ވިއްކޭނެ އަގު ސަރުކާރުން ކަނޑައަޅައެވެ. އެހެންވީމާ ސޯލާއާއި ބެޓަރީ ހައްލުތަކަށް ދާއިރު ސަބްސިޑީއެއް ނުދިނަސް މިހާރަށްވުރެ ކަރަންޓު އަގުހެޔޮވާނެ ކަމުގައި ވިދާޅުވިއެވެ. 

"އަޅުގަނޑުމެން އައިޑެންޓިފައި ކުރާ ހިސާބުތަކެއްގައި ފުރަތަމަ އިއާދަކުރަނަވި ހަކަތައަށް ދެވޭތޯ (މަސައްކަތްކުރަނީ). އޭގެއިން ހަމަގައިމުވެސް ލުޔެއް އަންނާނެ. އެއީ ކިލޯވޮޓް އަވާއަށް ބެއްޔަސް ކިތައް ސެންޓުތޯ ޖެހެނީ، އަޅުގަނޑުމެން މި އެވޯޑުކުރާ ބޭރު ފަރާތްތަކަށް އެބަ މަޖުބޫރުކުރަން މަތިކުރަން މިވެނި ވަރަކަށޭ ކަރަންޓު ޖެނެރޭޓުކޮށްފައި ވިއްކޭނީ. ސޯލާ ޕްލަސް ބެޓަރީ ސޮލިއުޝަނަށް ދާއިރު އެންޑް ޔޫޒާއަށް ލިބޭ ބިލުން އެއްޗެއް ސަބްސިޑައިޒްނުކުރިޔަސް މިހާރަށްވުރެ އަގުހެޔޮވާނެ،" މުންދު ވިދާޅުވިއެވެ. 

ދާއިމީ ހައްލަކަށް އަމާޒު ހިފާފައި އޮތް ނަމަވެސް، ކަރަންޓު އުފެއްދުމުގައި ޑީސަލަށް ބަރޯސާވާ ދުވަސްވަރުގައި ރާއްޖެއަށް ތެޔޮ ލިބޭ އަގާއި، ސަޕްލައިއާއި ލޮޖިސްޓިކްސް ފަދަ ކަންކަމުގެ ހަރަދު އެއްކޮށްފައި އެއިން މިންވަރެއް ސަބްސިޑައިޒްކޮށްފައި ބިލު ފޮނުވަންޖެހޭ ކަމަށެވެ. 

އިތުރަށް މުންދު ވިދާޅުވީ ކަރަންޓު އުފެއްދުމުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އިދާރީ އޮނިގަނޑަށްވެސް ބަދަލުތައް ގެނެވޭ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ފެނަކައިން ވަކިކޮށް ސްޓެލްކޯއާ ހަވާލުކުރުމަކީ މިގޮތުން ކުރެވޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު