ENGLISH

07 މޭ 2026

Advertisement

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ނިޔާވެއްޖެ

07 މޭ 2026

|

ޢަލީ ޝަހީމް

އޭޕްރީލް ނުވަ ވަނަ ދުވަހު ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާ ނިއްވާލުމުގެ މަސައްކަތް ކުރަނީ. ހާދިސާގައި ފިހުނު ބިދޭސީ މީހާ ވަނީ ނިޔާވެފައި. ފޮޓޯ: އެމްއެންޑީއެފް

މިދިޔަ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ފީއަލީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގައިގެ ބޮޑު ބައެއް ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެއެވެ. 

ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެގެން ހިނގި ހާދިސާގައި ފިހިގެން ފަރުވާދެމުން އައީ 39 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކަށެވެ. 

ފީއަލީ ޞިއްޙީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ހަމަ އެދުވަހު އޭނާ ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައެވެ. ނިލަންދޫ ހޮސްޕިޓަލުން މަޢުލޫމާތުދިން ގޮތުގައި އޭނާގެ ގައިން 60 އިންސައްތަ ފިހުނެވެ. 

ބިދޭސީ މީހާ މެއި 4 ވަނަ ދުވަހު މަރުވެފައިވާކަން އައިޖީއެމް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. 

ފީއަލީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގީ، ތެޔޮ ދޯނީގެ ޕަމްޕު ޖައްސަން މަސައްކަތްކުރި ވަގުތު ހުޅުހިފައިގެންނެވެ. އެއީ އެދުވަހުގެ ހެނދުނު 9:15 ހާއިރެވެ. 

މި ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ބަނދަރުގައި އަޅާފައި އޮތް ދެ ދޯންޏަކަށް ވެސް އަލިފާނުގެ އަަސަރުކޮށްފައިވެއެވެ. މީގެ އިތުރުން، އަލިފާންގަނޑު ފެތުރިގެން ގޮސް ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައި ވެސް ވަނީ އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ކިޔުންތެރިންގެ ހިޔާލު