ENGLISH
07 މޭ 2026
ޤައިދީންގެ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި
07 މޭ 2026
|
ކަރެކްޝަންސް އާއި ޑިއެންއާރުއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކަރެކަޝަންސް
އެންމެ މަޤްބޫލު
މޯލްޑިވްސް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއި ދެމެދު ފަހުމްނާމާއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު އަޙްމަދު ޢާލީ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ.
މި އެއްބަސްވުމުގެ ދަށުން ޑީއެންއާރުގެ އޭޕީއައި މައިއެމްސީއެސް ޕޯރޓަލް އާ މޯލްޑިވްސް ކަރެކްޝަންގެ ގައިދީންގެ މައުލޫމާތުތައް އިންޓެގްރޭޓްކުރުމަށް ހަމަޖެހިފައިވެ އެވެ.
ކަރެކްޝަންސް އާއި ޑިއެންއާރުއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކަރެކަޝަންސް
ޑީއެންއާރު އިން ބުނީ، މި ފަހުމުނާމާގެ އެންމެ މުހިއްމު މަގްޞަދަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި، ބަންދުމީހުންގެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކޮށް، އެ މަރުހަލާ މިހާރަށްވުރެ ފަސޭހަ އަދި އަވަސް ނިޒާމެއް ގާއިމްކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ގައިދީންގެ އާއިލާތަކުގެ މައުލޫމާތުވެސް ފަސޭހަކާމާއެކު ބަލައިލެވޭނެ ހަރުދަނާ އުސޫލެއް ގާއިމް ކުރުން ކަމަށް ވެސް ޑީއެންއާރު އިން ބުނެފައިވެ އެވެ.
މި އެއްބަސްވުމުގެ ދަށުން، ޤައިދީންނަށް ޒިޔާރަތްކުރާ މީހުންނަކީ ކޮންބައެއްކަން ދެނެގަނެ، އެއީ އާއިލާގެ މެންބަރުންކަން ކަށަވަރުކުރުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ އެވެ. މީގެ އިތުރުން، ޑީއެންއާރު އިން ބުނީ، ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އެންމެ ފަހުގެ އަދާހަމަ، ސައްޙަކަމާއެކު ބެލެހެއްޓުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންގެ މައުލޫމާތު ފަސޭހަކާމާއެކު ދެނެގަނެ، ކަރެކްޝަންއިން ފޯރުކޮށްދުމުން އަންނަ އެންމެހާ ހިދުމަތްތައް ދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.