ENGLISH

07 މޭ 2026

Advertisement

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލްގައި ޝޭޑް ސްޓްރަކްޗާ ގާއިމްކޮށްދެނީ

07 މޭ 2026

|

އާމިނަތު ނުޒްލާ

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލްގައި ޝޭޑް ސްޓަކްޗާއެއް ގާއިމްކުރުމަށްޓަކައި، އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން ތިބުމަށް ހާއްސަ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ، މި ޝޭޑް ސްޓަރަކްޗާގެ ބޭނުމަކީ ސަލާހުއްދީން ސްކޫލުގެ ބެލެނިވެރިން، ދަރިވަރުން ބަލައި ގޮސް ތިބޭއިރު ހިޔާވާނެ ތަނެއް ތަރައްގީ ކުރުން ކަމަށެވެ.

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލްގައި ޝޭޑް ސްޓަކްޗާއެއް ގާއިމްކުރުމަށްޓަކައި، އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިން ޑިރެކްޓަރު ހަސަން ޝަހީދު އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީ އެވެ.

ދެ އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ސަލާހުއްދީން ސްކޫލުގައި ގާއިމުކުރާ ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ޑިޒައިން އެޗްޑީސީގެ ފަރާތުން ފޯރުކޮށްދިނުމުން، އެކަމަށް ބޭނުންވާ މެޓީރިއަލް ހޯދައި ސްޓްރަކްޗާ ގާއިމުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެމްއައިބީގެ ފަރާތުން ކަމަށް، އެޗްޑީސީން ބުނެފައިވެ އެވެ.

މި ޝޭޑް ސްޓްރަކްޗާ ގާއިމުކުރެވުމާއެކު، ގަދަ އައްވާއި ވިއްސާރައިގައި ސަލާހުއްދީން ސްކޫލު ސަރަހައްދަށް ދަރިވަރުން ބަލައިގޮސް ތިބޭ ބެލެނިވެރިންނަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެކަމަށް އެޗްޑީސީން ގަބޫލުކުރެ އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ފައިދާހުރި ގިނަ މަޝްރޫއުތަކެއް އެޗްޑީސީއިން އިސްނަގައިގެން އަބަދުވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު