ENGLISH
06 މޭ 2026
ސ. ފޭދޫ ބަނދަރުގައި ކީވޯލް ބްލޮކް ޖެހުމުގެ މަސައްކަތް ކުރިއަށް
06 މޭ 2026
|
ސ. ފޭދޫ ބަނދަރުގައި ކީވޯލް ބްލޮކް ޖެހުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
އައްޑޫ ސިޓީ ސ. ފޭދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށް ދަނީ ކީ-ވޯލް ބްލޮކް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫގެ ދަށުން ކޮންކްރީޓް ބްރިޖެއް އެޅުމާއި، ބަނދަރުގެ ކުރީގެ ތޮށިގަނޑުތައް ރިޕްރޮފައިލްކުރުމުގެ އިތުރުން، އާ ތޮށިގަނޑުތައް ހެދުމާއި ބަނދަރުގެ ފުންކުރެވިފައިވާ ސަރަހައްދު އަލުން ކޮނެ ފުންކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނޭ ކަމަށެވެ.
ސ.ފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއުއިޒު މިދިޔަ އަހަރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައެވެ.
ސ.ފޭދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އިތުރުން އެ ރަށުގައި ފުޓްސަލް ދަޑަކާއި، 500 މީހުންގެ ޖާގައިގެ މިސްކިތެއްވެސް އަޅަން ވަނީ ހަމަޖެހިފައެވެ.