ENGLISH

06 މޭ 2026

Advertisement

ސައީދަށް ކެންޑިޑޭޓު ނަންބަރު 1، ސާދިގަށް ކެންޑިޑޭޓު ނަންބަރު 2

06 މޭ 2026

|

އައިމިނަތު ޝަފާ

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހު. ފޮޓޯ؛ އިލެކްޝަން ކޮމިޝަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުނަގައި ނަން ތަރުތީބުކޮށްފި އެވެ. 

މި އިންތިހާބުގައި ވާދަކުރައްވަނީ އެންމެ ބޮޑު ދެ ޕާޓީކަމުގައިވާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެވެ.  

ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދެވެ. އެމްޑީީޕީން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އެވެ. 

ނަންތައް ތަރުތީބުކުރުމުން ޕީއެންސީގެ ކެންޑިޑޭޓް ސައިދަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު އެކެކެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު ދެއެކެވެ.

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެ ބައި-އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ކަނޑައަޅައި އޭނާގެ ކިބައިން މެންބަރުކަމުގެ ޝަރުތު އުނިވެފައިވާކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު