ENGLISH
06 މޭ 2026
ޤައުމީ ޤުރްއާން މުބާރާތުގެ އޮޑިޝަން، 17 ރަށެއްގެ އިތުރުން 5 ސިޓީގައި
06 މޭ 2026
|
ޤައުމީ ޤުރްއާން މުބާރާތުގެ އޮޑިޝަނުގެ ތެރެއިން
އެންމެ މަޤްބޫލު
ޤައުމީ ޤުރްއާން މުބާރާތަށް ބޮޑުބަދަލެއް ގެނެސްފައިވާއިރު، އެ މުބާރާތުގައި ބައިވެރިވާނެ ފަރާތްތައް ހޮވަން ބާއްވާ އޮޑިޝަން ބުރު ބާއްވާނެ ތަންތަން ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅައިފި އެވެ.
އެ މަރުކަޒުން ބުނެފައިވަނީ، މި އަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށް ގެންދާނީ ރާއްޖޭގެ ފަސް ސިޓީއެއްގެ އިތުރުން 17 ރަށެއްގައި ކަމަށެވެ. މި ރަށްތައް ކަނޑައަޅާފައި ވަނީ ކޮންމެ އަތޮޅަކުން ރަށެއް އަދި ސިޓީތައް ހިމެނޭ ގޮތަށެވެ.
މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށް ގެންދާ ރަށްތައް:
އޮޑިޝަން ބުރުގައި ބައިވެރިވާން މިހާރު ހުޅުވާލާފައިވާއިރު، އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށެވެ. މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު 10 ސެޕްޓެމްބަރަށް ތާވަލުކޮށްފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ބުރު އޮންނާނީ 11 ސެޕްޓެމްބަރުން 19 ސެޕްޓެމްބަރަށް މާލޭގަ އެވެ.