ENGLISH

06 މޭ 2026

Advertisement

މަތީ ތައުލީމުގެ ރަނުގެ ފުރުސަތެއް؛ ހުރިހާ ހަރަދެއް ހަމަޖައްސާނީ ސައުދީން، ކުރިމަލިމުގެ ފުރުސަތު ހުޅުވާލައިފި

06 މޭ 2026

|

އައިމިނަތު ޝަފާ

ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައެއް ދަރިވަރުން

ސައުދީ ޢަރަބިއްޔާ ސަރުކާރުންދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ، ހުރިހާ ޚަރަދެއް ސައުދީ ސަރުކާރުން ހަމަޖައްސައިދޭ (ފުލީ ފަންޑެޑް) ސްކޮލާޝިޕްތަކެކެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން މެޑިސިންއާއި  ވިޔަފާރިއާއި ގުޅޭ ދާއިރާތަކާއި، އިންފޮރމޭޝާން ޓެކްނޮލޮޖއާއި، ސައިންސް އަދި އިސްލާމިކް ސްޓަޑީޒްގެ ތެރެއިން އެ ދަރިވަރަކު އެދޭ ދާއިރާއަކުން  ސައުދީ ޢަރަބިއްޔާގެ އެންމެމަތީ ފަންތީގެ ޔުނިވަރސިޓީތަކުން ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއާއި ހަމައަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތަތުތަކެކެވެ.

ސައުދީ ސްކޮލަރޝިޕްގެ ދަށުން ކިޔަން ހުޅުވާލި ދާއިރާތަކުގެ ތެރޭގައި، އިންޖިނިއަރިންއާއި މެޑިސިންއާއި އިންފޮރމޭޝަން ޓެކްނޮލޮޖީއާއި އިސްލާމިކް ސްޓަޑީޒްއާއި ބިޒްނަސް ސްޓަޑީޒާއި ސައިންސްގެ ދާއިރާތައް ހިމެނެ އެވެ.

ސައުދީ ޢަރަބިއްޔާ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ކުރިމަތިލެވޭނެ ދާއިރާތަކަކީ:

  • އަންޑަގްރެޖުއޭޓް ނުވަތަ ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯސްތައް
  • މާސްޓަރސް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ކޯސްތައް

މި ސްކޮލަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކިޔަވަން ބޭނުންވާ ކޯހާއި ޝަރުޠުތައް ބެލުމަށް ފަހު ސައުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް ރާއްޖޭގައި ހުންނަ ސައުދީ ޢަރަބިއްޔާގެ އެމްބަސީން ވަނީ އެދިފަ އެވެ.

މީގެ އިތުރުން މިކޯސްތަކަށް ހޮވޭ ދަރިވަރުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީ ނުވަތަ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެ އެވެ.

އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ދަރިވަރުން(މިސާލަކަށް މެޑިސިންގ)، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ އެފަދަ ލައިސަންސްދޭ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު