ENGLISH

05 މޭ 2026

Advertisement

ތިލަމާލެ ބްރިޖުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ

05 މޭ 2026

|

އަޙުމަދު ޙަމީދު

ތިލަމާލެ ބްރިޖުގެ މަސައްކަތް ހިނގަނީ --

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ 72.17 އިންސައްޔަ މިހާތަނަށް ފުރިހަމަ ކުރެވިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

މާލެ، ވިލިމާލެ އަދި ގުޅިފަޅު ގުޅާލާ ބިޔަ މަޝްރޫޢުގެ އަދާހަމަ ހާމަކޮށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.

ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފަ އެވެ. އަދި މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފަ އެވެ.

މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެހީގައި އެގައުމުގެ އެފްކޮންސް ކުންފުނިންނެވެ. އެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ. 

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ބްރިޖު އެޅުމުގެ މަސައްކަތް ޙަވާލުކުރީ 2021 ސެޕްޓެމްބަރ 16 ވަނަ ދުވަހެވެ. އެ ވެރިކަން ނިމުނުއިރު އެންމެ ބްރިޖުގެ ތަނބެއް ނޫނީ ނެތެވެ.

މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ބްރިޖުގެ ނިމިފައި އޮތީ 29 އިންސައްތައެވެ. އަދި، އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުމުގެ އެއްދުވަސް ކުރިން ބްރިޖުގެ އެއްބަސްވުން އިތުރު ތިން އަހަރަށް ދަންމާލަން އެފްކޮންސްއަށް ފުރުސަތު ދިނެވެ. 

ތިލަމާލެ ބްރިޖުގެ އެންމެ އުސް ޕްރީކާސްޓް އަޅައި ނިންމާލީ މިއަހަރުގެ އޭޕްރީލް 3 ވަނަ ދުވަހެވެ. އަދި، ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށްވާ، ޕައިލްތައް ޖަހައި އެއްކޮށް ނިންމާލާފައިވާކަން ޖުލައި 1 ވަނަ ދުވަހު ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރެއްވިއެވެ. 

ޕައިލިން މަސައްކަތުގެ ދަށުން، 263 ޕައިލް ކަނޑާއި އެއްގަމުގެ 68 ތަނެއްގައި ވަނީ ޤާއިމުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު