ENGLISH

05 މޭ 2026

Advertisement

ހައްޖުގެ ތައްޔާރީތައް ވަރަށް ފުރިހަމައަށް ކުރިއަށްދޭ: ހައްޖު ކޯޕަރޭޝަން

05 މޭ 2026

|

އައިޝަތު ޝާލީން

ހައްޖުވެރިން މިރޭ މިނާއަށް ދަތުރުފަށާނެ، ފޮޓޯ: މިހާރު

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ހައްޖަށް މީހުން ފޮނުވުމަށް ވަރަށް ގިނަ އަދި ފުރިހަމަ ތައްޔާރީތަކެއް ވަމުންދާކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ. 

ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކާއި ހައްޖަށް މީހުން ފޮނުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ތައްޔާރީތައް މުހައްރަމް މަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

މިގޮތުން ސައުދީ ސަރުކާރާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ހައްޖުވެރިންގެ ވިސާ ހަމަޖެއްސުމާއި އެމީހުންގެ ސިއްހީ ހާލަތު ބެލުމާއި.، ދީނީގޮތުން ހައްޖުވެރިން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މިގޮތުން މިއަހަރު ފެށުނީއްސުރެ ތަފާތު އެކި ގޮތްގޮތަށް ހައްޖުވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. 

މީގެ އިތުރުން ހައްޖަށް ދާ މީހުންނަށް ޚާއްސަކޮށް އޮންލައިން ޕްރޮގްރާމްތަކެއް ހިންގަމުންދާކަމަށާއި، މީގެ ތެރޭގައި ހައްޖަށް ގޮސް މީހުންގެ ތެރޭގައި އުޅޭއިރު ދިމާވާ ކަންކަމަށް އަދި ނަފްސާނީ ގޮތުން ހޭލުންތެރިކުރުވުމަށް އޮންލައިން ޕްރޮގްރާމްތައް ހިންގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސުވާލު އުފެދޭ ކަންކަމަށް ގާތުން ޖަވާބު ދިނުމަށް ޚާއްސަ ހޮޓްލައިނެއް ގާއިމުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

"މި ވޭތުވެދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ވަރަށް ތަރުތީބުކޮށް މިކަންތައްތައް ކުރެވެމުން މިދަނީ. އަޅުގަނޑު ދަންނަވާނީ މިކަން މިހާރު ތަރުތީބުކޮށް މިހާރު ކާމިޔާބުކޮށް މި ގެންދެވެނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބިގެންނޭ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން އެމަނިކުފާނުގެ ހަމަ ވަރަށް ބޮޑު އެދުމެއް ހައްޖުގެ މި އަޅުކަން ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަކޮށް އެންމެ ރަނގަޅުކޮށް އެންމެ ފަސޭހަކަމާއެކު ފޯރުކޮށްދިނުން. އަދި މި އަޅުކަން އަދިވެސް އަގުހެޔޮ ކޮށްދެވޭތޯ ބެލުން. އެހެންވީމަ އެ މަސައްކަތްތައްވެސް އަޅުގަނޑުމެން ކުރަމުން މި ދަނީ" -

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގެންނެވުމުގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ދިނުމުގައި އަލަށް ހައްޖަށް ދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކިޔޫގައި ނަން އޮތް ތަރުތީބުން މިމަސައްކަތް ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު