ENGLISH
05 މޭ 2026
ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް އަމަލުކުރާ ޕާޓީތަކަށް ފިޔަޅުއަޅަން ގޮވައިލާ ގަރާރެއް
05 މޭ 2026
|
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު
އެންމެ މަޤްބޫލު
ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް އާއްމު އިޖުތިމާއީ މިންގަނޑުތަކާ ފުށުއަރާ ގޮތަށް ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅުއެޅުމަށް ގޮވައިލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ގަރާރު ހުށަހަޅުއްވައިދެއްވަމުން އޭނާ ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނަށް ފިކުރުކުރުމާއި ހިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިއްބައިދީފައި އޮންނަނީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެހެން މީހުންގެ ހައްގުތަކަށާއި އަބުރު ރައްކާތެރިކުރުމާއެކު ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރުމަށް ކަމަށެވެ.
އަދި މެންބަރު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ މުޖުތަމައުގެ އަމާންކަން ގެއްލެމުންދާ ކަމަށެވެ. އެ ސަބަބަށްޓަކައި އޭނާ ގަރާރެއް ހުށަހެޅުއްވީ އެކަމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބަލައި އެކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވައިލެއްވުމަށް ކަމުގައި ވިދާޅުވިއެވެ.
މިނިވަންކަމާއެކު ފިކުރުކުރުމާއެކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ކޮންމެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތަށް ހިޔާލު ފާޅުކުރުމާއި، ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމާއި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ލިއްބަައިދީފައިވާއިރު، ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުވެސް ލިބިދީފައިވާކަމަށް މެންބަރުގެ ގަރާރުގައި ލިޔުއްވާފައިވެއެވެ.
އޭގެ އިތުރަށް ގާނޫނުއަސާސީގައި އަނެކުންގެ ހައްގުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އިހުތިރާމުކޮށް މީސްތަކުންނާއި ޖަމާއަތްތަކުގެ މެދުގައި އިހުތިރާމުކުރުމުގެ ރޫހު އާލާކުރުމާއި، އަނެކުންނާއި ތިމާއާ ދެމެދުގައި އޮންނަ ތަފާތު ބަލައިގަތުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުން ޑިމޮކްރެޓިކް އުސޫލުތަކާއި ގޮތްތައް ކުރިއެރުވުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައވާކަމަށް މެންބަރު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ އިންތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަކީ ގައުމުގެ އަމަންއަމާންްކަމާއި ސުލްހަ މަސަލަސްކަމަށް މުހިއްމު ކަމެއް ކަމުގައި އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ. މެންބަރު އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާއާ ހިލާފަށް ބައެއް ޕާޓީތަކުން އާއްމު މަސްލަހަތު ނަގައިލަމުންދާ ކަމަށެވެ.
"ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގައި މަސްލަހަތު ނަގާލައި، ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހަމަތަކާ ހިލާފަށް ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައްހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުދަގޫތައް ތަހައްމަލުކުރަންޖެހިފައިވާތީ، އެފަދަ ފަރާތްތަކުން ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވައި، އެފަދަ ފަރާތްތަކާމެދު ކަމާ ގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ 189 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހެޅިން،" ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގައި ބަހުސްކުރައްވަމުން ޕީއެންސީގެ މެންބަރުންވަނީ އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފްއިން މާލޭގެ މަގުމަތީގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގައި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގަމުންދާތީ އެކަން ހުއްޓުވުމަށް ސިޔާސީ ޕާޓީތަކުގެ ބަލަދުވެރިޔާ ކަމުގައި އިލެކްޝަންސް ކޮމިޝަނަށް ގޮވައިލައްވާފަައެވެ.
މާލޭގައި އިދިކޮޅު ޕާޓީތަކުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ހުތުރު ބަސްތައް ބޭނުންކުރުމާއި އާއްމުންނަށް އުދަގޫވާނެހެން އަޑުގަދަކުރަމުންދާތީ ގިނަ ބައެއްގެ ނުރުހުން އެ ޕާޓީތަކަށް އަމާޒުވެފައިވެއެވެ.