ENGLISH
05 މޭ 2026
ރާއްޖެ-ލަންކާ އެއް އާއިލާއެއްފަދަ، ގުޅުން ބިނާވެފައި އޮތީ ޙަޤީޤީ އިހްތިރާމްގެ މައްޗަށް: ރައީސް
04 މޭ 2026
|
މިރޭގެ ޖާފަތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
އެންމެ މަޤްބޫލު
ދިވެހިރާއްޖެ އާއި ސްރީލަންކާ އަކީ އެއް އާއިލާއެއް ފަދަ ގާތް ގުޅުމެއް އޮތް ދެ ޤައުމު ކަމަށާ ދެ ޤައުމުގެ ގުޅުން ބިނާވެފައި އޮތީ ޙަޤީޤީ އިހްތިރާމްގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއާ ލަންކާ ސިފަކުރެއްވީ އެއް އާއިލާއެއް ފަދައިންނެވެ. ދެ ޤައުމުގެ މެދުގައި އޮތީ އެހާ ވެސް ގާތް މަތިވެރި ގުޅުމެއް ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ގުޅުން ބިނާވެފައިވަނީ ޙަޤީޤީ އިހްތިރާމްގެ މައްޗަށް ކަމަށެވެ.
ރާއްޖެއާ ލަންކާގެ ގުޅުމަކީ ވަގުތީ މަންފާއަކަށް ބިނާވެފައިވާ އޮތް ގުޅުމެއް ނޫން ކަމަށާ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު އަހަރު ފުރިފައިވާއިރު ދެ ޤައުމުގެ މެދުގައި އޮތީ ވަރަށް އުޚުވަތްތެރި ގުޅުމެއް ކަމުގައި ވިދާޅުވި އެވެ. ޚާޢްސަކޮށް ދިވެހީން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ލަންކާގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ގައި ފާހަގަ ކުރެއްވި އެވެ.
އަދި ރާއްޖެ މިއަދު ހާސިލުކޮށްފައިވާ ކާމިޔާބީގައި ލަންކާގެ ހިއްސާ ބޮޑުކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ދެ ޤައުމު ވެސް ހިއްސާކުރާ އިންޑިއާ ކަނޑަކީ އެތަނަކަށް ނިސްބަތްވާ އެންމެންނަށް އަމާންކަމާއި، ހަމަޖެހުން ކަށަވަރު ކުރުމަށް ރާއްޖެ-ލަންކާ ގުޅުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި އެ ގުޅުން އިތުރަށް ވަރުގަދަކޮށް ނަފާ އިތުރުކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.