ENGLISH

04 މޭ 2026

Advertisement

ދޮޅުލައްކަ އަށްވުރެ ގިނަ ފަތުރުވެރިން މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި

04 މޭ 2026

|

ހަނާން އަހުމަދު ނައީމް

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ނިމިދިޔަ އޭޕްރިލް މަހު 152،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން، މިދިޔަ މަހު ރާއްޖެއަށް ޒިޔާރާތްކުރީ 152,861 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 24.4 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިން ނިސްބަތުން ދަށްވެފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާ ގުޅިގެންނެވެ.

ނަމަވެސް އެ އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާއެކު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ.

ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ ގައުމު ތަކުގެ ތެރޭގައި ޗައިނާގެ އިތުރުން ރަޝިޔާ، އިޓަލީ، ޖަރުމަނު، އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

މިއަހަރުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް 813,503 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު