ENGLISH
02 މޭ 2026
ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ، ފަތުރުވެރިކަމަށް އައު އުއްމީދެއް
02 މޭ 2026
|
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވާހަކަދައްކަވަނީ
އެންމެ މަޤްބޫލު
މިއަހަރުގެ ކުރިއަށްއޮތްތަނުގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ބޮޑެތި ބައެއް އެއާލައިންތަކުން ނިންމައިފި އެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ މިކަން ހާމަކުރައްވާފަ އެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރައްވާ ސްޓޭކްހޯލްޑަރުންގެ އެހީތެރިކަމާއި އަދި ރާއްޖެ އަންނަ އެއާލައިންތަކާ އެކު މަސައްކަތްކޮށްގެން އެދެވޭފަދަ ހެޔޮ ބަދަލުތަކެއް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވި އެވެ.
މި މަސައްކަތްތަކާއެކު މިއަހަރުގެ ކުރިއަށްއޮތްތަނުގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ބޮޑެތި ބައެއް އެއާލައިންތަކުން ނިންމާފައިވާކަމަށް ވިދާޅުވި އެވެ.
"ޖޫންމަހުން ފެށިގެން ޤަތަރު އެއާވޭސް އަދި އެމިރޭޓްސް އެއާލައިނުން ރާއްޖެއަށް ބާއްވާ ފްލައިޓްތަކުގެ އަދަދު ތިން ފްލައިޓަށް އިތުރުކުރުމަށް ވަނީ ނިންމާފައި. ބްރިޓިޝް އެއާވޭސްއިންވެސް ރާއްޖެއަށް ބާއްވަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް ވަނީ ނިންމާފައި،". އަމީން ވިދާޅުވި އެވެ.
ތަފާސްހިސާބުތައް ދައްކަނީ ފަތުރުވެރިކަމުގެ ލޯ ސީޒަން ނިމިގެންދާއިރު އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނޭ ކަން ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން ރާއްޖެއަށް އުދުހުންތައް ތާވަލްކޮށްފައި އޮތް ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް އެއާލައިންތަކުގެ ދަތުރުތައް މިހާރު ވަނީ ފަށާފަ އެވެ.