ENGLISH

02 މޭ 2026

Advertisement

ރާއްޖޭގައި ހަމަނުޖެހުން ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެމްޑީޕީން: ސައީދު

02 މޭ 2026

|

އައިމިނަތު ޝަފާ

ޕީއެންސީގެ ޖަލްްސާއެްްގައި ސައީދު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ޕީއެންސީ

ރާއްޖޭގައި ހަމަނުޖެހުން ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އިދިކޮޅު އެމްޑީޕީންކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އެމްޑީޕީން ނުކުރާނެ ކަމެއް ނޯންނާނެކަމަށެވެ. 

"ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވީވެސް އެމްޑީޕީން. ރާއްޖޭގައި ހުޅުޖެހީވެސް އެމްޑީޕީން. އިސްތިއުފާ ދެއްވާފައި ވަޑައިގެންނެވި ރައީސް(ރައީސް ނަޝީދު) އަންގަވައިގެން ކުރެއްވިކަމެއްކަމަށް ހެކި ބައެއް މީޑީއާތަކުގައި ހުރިކަމަށް މައުލޫމާތު ލިބެނީ. ރާއްޖޭގައި ހަމަނުޖެހުން ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ވެސް އެމްޑީޕީންކަމަށް ފެންނާނެ ކިތަންމެ ހެއްކެއް އެބަހުރި،". ސައީދު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އަޑު އައްސަވައިގެންކަމަށް ވީހިނދު އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެމްޑީޕީން އެ ބުނާފަދަ "ތާހިރު" ވެރިކަމެއް ކަމަށެވެ.

އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު މި ސަރުކާރުން ފަހިކޮށްދެމުން އަންނައިރު ރައީސެއްގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ ދަށުދަރަޖައިގެ ކަމެއްްކަމަށް ސައީދު ވިދާޅުވި އެވެ.

އެމްޑީޕީން ދަނީ ސަރުކާރާއި ދެކޮޅަށް ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ. މަދު ބަޔަކު ބައިވެރިވާ އެ މުޒާހަރާތަކުގައި ދަނީ ހުތުރު ބަސްމަގު ބޭނުން ކުރަމުންނެވެ. އަދި ބައެއް ރޭރޭ މިފަދަ މުޒާހަރާތަކުގައި ދަނީ ހަމަނުޖެހުންތަކަށް ވެސް މަގުފަހިކުރަމުން ނެވެ. އެމްޑީޕީއާއި ޕީއެންއެފުން ކުރަމުން ގެންދާ މިފަދަ މުޒާހަރާތަކުން ލިބެނީ ރައްޔިތުންގެ މަލާމާތް ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ގަބޫލުކުރެ އެވެ. ވުމާއެކު މިފަދަ މުޒާހަރާތައް ހުއްޓާލުމަށް ގޮވާލާ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު